Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2025 | އަންގާރަ 17:49
ކުޅުދުއްފުށި ސިޓީ ހޮސްޕިޓަލް: ނާކޮޓިކްސް ޑްރަގް ތަކެއް ގެއްލުނު މައްސަލައެއް އަންނަނީ ބަލަމުން
ކުޅުދުއްފުށި ސިޓީ ހޮސްޕިޓަލް: ނާކޮޓިކްސް ޑްރަގް ތަކެއް ގެއްލުނު މައްސަލައެއް އަންނަނީ ބަލަމުން
ރާއްޖެއެމްވީ
ކުޅުދުއްފުށި ހޮސްޕިޓަލް
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުރި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ
އެ ހޮސްޕިޓަލުން ވެސް ބުނީ ނާކޮޓިކްސް ޑްރަގްސް ތަކެއް ގެއްލުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް
ޑްރަގްސް ތައް ގެއްލުނު ކަމުގެ ތުހުމަތު ކޮށްފައި ވަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ނޭޕާލް ޑޮކްޓަރަކަށް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުރި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ވީނުވީއެއް ނޭންގި ގެއްލިފައިވާ ކަން ހާމަވެއްޖެ އެވެ.

އެ ރަށު ހޮސްޕިޓަލުން ނާކޮޓިކްސް ޑްރަގްސް ތަކެއް ގެއްލުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި މައްސަލައާއި ގުޅިގެން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް، ރާއްޖެ އެމްވީއަށް މައުލޫމާތު ދިން ފަރާތަކުން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުން ގެއްލިފައިވާ އެ ޑްރަގްސް ތައް ގެއްލުނު ކަމުގެ ތުހުމަތު ކޮށްފައި ވަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ނޭޕާލް ޑޮކްޓަރަކަށް ކަމަށެވެ. އެ ޑްރަގަސް ތައް ގެއްލުނު ކަމުގެ ތުހުމަތު ކޮށް ކޯޓުއަމުރެއް ވެސް ނެތި ޑޮކްޓަރު ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ ބަލައި ފާކޮށްފައި ވާކަމަށެވެ.

އަދި މިހާރު މި މައްސަލައާއި ގުޅިގެން ޑޮކްޓަރު ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އެ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޒިމާ އަލީ ވަނީ މިކަން ދޮގުކޮށްފަ އެވެ. އެގޮތުން އޭނާ ރާއްޖެ އެމްވީ އަށް ވިދާޅުވީ ނާކޮޓިކްސް ޑްރަގްސް ތަކެއް ގެއްލުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު މަރުހަލާގައި އޮތުމުން އެ މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކަށް ޝައްކުކޮށް ފިޔަވަޅެއް ވެސް އަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމާ ވިދާޅުވީ މި މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް އެއްވެސް މީހަކާއި ދޭތެރޭ ޝައްކުކޮށް، ފިޔަވަޅު ނާޅާނެ ކަމަށާއި އެއްވެސް ޑޮކްޓަރަކަށް ވެސް މި މައްސަލައިގެ ތުހުމަތެއް ކޮށް، ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށެވެ.

އެ މައްސަލަ ދަނީ ބަލަމުން. އެހެންވެ އެކަމާއި ގުޅިގެން އަދި އެއްވެސް މައުލޫމާތެއް ދެވެން ނެތް. ދެން ތަހުގީގުމަރުހަލާގައި އޮތް މައްސަލައަކަށް ވުމުން، އަދި އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކަސް ޗައްކުކޮށް، ފިޔަވަޅެއް ވެސް އަޅާފަ އެއް ނެތް

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނާޒިމާ އަލީ

މިފަދަ މައްސަލައެއް ކުޅުދުއްފުށީ ހޮސްޕިޓަލުން ބަލަމުން ގެންދާ ކަމަށް ބުނެފައިވާއިރު، މިކަމާއި ގުޅުންހުރި މައްސަލައެއް ފުލުހުންނަސް ވެސް ހުށަހެޅިފައިވާ ކަމަށް އެ ޚިދުމަތުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

- ކޮމެންޓް