ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 16:41
އެޗްއާރުސީއެމް
އެޗްއާރުސީއެމް
ރާއްޖެ އެމްވީ
ސިޔާސީ މަޝްރަހު
ސިޔާސީ މަޝްރަހު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފި
ދިމިޤްރާޠީ އުސޫލުން ރައްޔިތުން ބައިވެރިވެ ނިންމާ ނިންމުން ބަލައިގަންނަންޖެހޭ
ސިޔާސީ މަޝްރަހު ހަލަބޮލިނުވާނޭހެން އަމަލުތައް ބަހައްޓަންޖެހޭ

ގައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

އެޗްއާރްސީއެމުން ބުނީ ދިމިޤްރާޠީ އުސޫލުން ރައްޔިތުން ބައިވެރިވެ ނިންމާ ނިންމުން ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި އެ ނިންމުމަށް އިހުތިރާމުކޮށް ގައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިނުވާނޭހެން އަމަލުތައް ބަހައްޓަންޖެހޭ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ވަނީ ގައުމުގެ މަސްލަހަތު އިސްކޮށް، ސިޔާސީ މަޝްރަހު ހަލަބޮލި ނުވާނެހެން ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެޗްއާރްސީއެމުން މިފަދަ އިލްތިމާސްކޮށްފައިވާއިރު، ސެޕްޓެންބަރު މަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަކީ ހުރިހާ ގޮތަކުން ވަރަށް ފުރިހަމަ ސުލްހަވެރި އިންތިޚާބެއް ކަމަށް މިނިވަން މުއައްސަސާތަކުން ބުނެފައިވެއެވެ. އަދި އިންތިޚާބު އޮބްޒާވް ކުރުމަށް ރާއްޖެއަށް އައިސްފައިވާ އޮފިޝަލުން ފާހަގަކޮށްފައިވެއެވެ. ބައެއް ކުދިކުދި މައްސަލަތައް ފާހަގަކުރެވުނު ނަމަވެސް ގިނަ މައްސަލަތައް ވަގުތުން ހައްލުކުރެވިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވޯޓް އޮޅުވާލުމުގެ މައްސަލައެއް ނުވަތަ ވޯޓް ކަރުދާސް ގުނާ ސައްހަ ނަތީޖާއަށް ހުރަސް އެޅިދާނެ ފަދަ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް