ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 21:56
ހުޅުމާލޭ ބޭރުން އެކްސިޑެންޓުވި ލޯންޗް
ހުޅުމާލޭ ބޭރުން އެކްސިޑެންޓުވި ލޯންޗް
އެމްއެންޑީއެފް
އެކްސިޑެންޓް
2 ލޯންޗް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ލިއޯ ޓްރޭޑިންގ ލޯންޗުގެ ކެޕްޓަން ހާލު ސީރިއަސް

ހުޅުމާލެ ބޭރުން 2 ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ހުކުރުދުވަހުގެރޭ 8:09 އެހާއިރު ހުޅުމާލެ ފަޅަށް ވަންނަ ދިމާލުން ބޭރުގައި 2 ލޯންޗެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވާ ކަމަށެވެ.

އަދި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓުން އެ ހާދިސާ ހިނގި ތަނަށް ދިޔައިރު، މެރިން ޕޮލިހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އޭގެ ތެރެއިން އެއް ސްޕީޑްބޯޓަކީ ޖޯއީ އައިލެންޑުން އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ކަމަށާއި، އޭގައި 13 ގެސްޓުންނާއެކު 3 ފަޅުވެރިން ތިބި ކަމަށެވެ. މި އުޅަނދުގައި ތިބި މީހުންނަށް ކުދިކުދި ހާނިއްކަތައް ލިބިފައިވާއިރު، ފަތުރުވެރިން ފުރުވުމަށް އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ އަނެއް ސްޕީޑްބޯޓަކީ ލިއޯ ޓްރޭޑިންގ އަށް ނިސްބަތްވާ ބޯޓެއް ކަމަށާއި، ދަތުރުކުރަމުން ދިޔައީ އޭގެ 8 މުވައްޒަފުންނާ 2 ފަޅުވެރިންނާއެކު ކަމަށެވެ. މި އުޅަނދުން 5 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އެމީހުން ހުޅުމާލެ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު ދުއްވަން އިން ކެޕްޓަންގެ ހާލު ސީރިއަސް ކަމަށެވެ. އަދި އެ އުޅަނދުތަކުން އެއްވެސް މީހަކު ގެއްލިފައި ނުވާކަމަށް ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް