500 ރުފިޔާގެ ވަގު ނޫޓެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަ ނޫޓަކީ ސައްހަ ނޫޓެއް ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ އެ ނޫޓު އެމްއެމްއޭ އަށް ގެނެސް ބެލިބެލުމުން އޭގެ ސައްހަކަން ކަށަވަރުވެފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓުން ދެ ސައިޒެއްގެ ދެ ނޫޓު ފެނެއެވެ. އަދި އޭގެތެރެއިން ކުޑަ ނޫޓަކީ ވަގު ނޫޓެއް ކަމަށާއި، އޭޓީއެމުން އެ ނޫޓު ބަލައި ނުގަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނީ ވަކި ބެޗުތަކުގެ ނޫޓުތަކުގެ ސައިޒު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
 
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
