Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 12:07
ރައީސް، ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގެ ތެރެއިން
ރައީސް، ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގެ ތެރެއިން
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ދެވަނަ ދައުރަކަށްފަހު ރައީސް ސިޔާސީ މަސައްކަތްޕުޅާ ދުރަށް!
ސިޔާސީ މަސައްކަތްޕުޅާ ދުރަށް ޖެހިވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ
ވޮލަންޓިއަރ މަސައްކަތެއް ފައްޓަވާނެ ކަމަށް ވިދާޅުވި
ދެވަނަ ދައުރެއް ޔަގީންވެވަޑައިގެންފައި ވާކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުން

ދެވަނަ ދައުރަކަށްފަހު ސިޔާސީ މަސައްކަތްތަކުން ރިޓަޔަރ ކުރައްވަން ގަސްތުކުރައްވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ހޮނިހިރު ދުވަހު "ރާއްޖެ ޓީވީ"ގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައެވެ. އެގޮތުން ދެވަނަ ދައުރަކަށްފަހު ފެންނާނީ ކޮން ދާއިރާއަކުންތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، ދެވަނަ ދައުރަށްފަހު ސިޔާސީ އިތުރު މަސައްކަތްޕުޅެއް ނުކުރައްވާނެ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ ސިޔާސީ މަސައްކަތްޕުޅުން ދުރަށް ޖެހިވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ވޮލަންޓިއަރ މަސައްކަތެއް ފައްޓަވައިގެން ދުވަސްކޮޅެއް ވަންދެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއްވެސް ހާލެއްގަ ސިޔާސީ އެއްވެސް ކަމެއްގެ ތެރޭގަ އަޅުގަނޑު މި ދައުރަށްފަހު (ދެވަނަ ދައުރު) ނުފެންނާނެ. އަޅުގަނޑުގެ ޕޮލިޓިކަލް ކެރިއަރ އެހާހިސާބުން ނިންމާލާނީ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު

އަންނަ ހަފުތާގައި ރިޔާސީ އިންތިޚާބު ބާއްވާއިރު އެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަށް އެއްބުރުން މި އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަން އެނގެނީ ސާވޭތަކުން ކަމަށެވެ. މި ތަފާތު ގޮތްތަކަށް ސާވޭތައް ހަދަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރުވެސް އެމަނިކުފާނަށް 130،000 ވޯޓު ވަނީ މި އިންތިޚާބުގައި ކަށަވަރުވެފައެވެ.

2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގައި ފަސް ދައުރު މަސައްކަތް ކުރައްވާފައެވެ. ޅ އަތޮޅުގެ މެމްބަރުގެ ގޮތުގައި މަޖިލީހުގައި މަސައްކަތް ފައްޓަވައި އެމަނިކުފާނު އެންމެ ފަހުން ހުންނެވީ އެ އަތޮޅުގެ ހިންނަވަރު ދާއިރާގެ މެމްބަރުގެ ގޮތުގައެވެ. އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް