ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 07:30
ޑިޕާޓްމަންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަން
ޑިޕާޓްމަންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަން
އަވަސް
ޑީޖޭއޭ
މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވެންސް ބޮޑުކޮށްފި
މި ބަދަލާއެކު ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ 800 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ
މި އޮގަސްޓު މަހުން ފެށިގެން ޖުޑީޝަލް އެލަންވެސް ވަނީ ބޮޑުކޮށްފައި
އަސާސީ މުސާރައިގެ 35 އިންސައްތައަށް ޖުޑީޝަލް އެލަވެންސް ވަނީ އިތުރުކޮށްފައި

ރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވެންސް ބޮޑުކޮށްފިއެވެ.

ޑިޕާޓްމަންޓަން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި މިއީ 2015 ވަނަ އަހަރުފަހުން މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަށް މިފަދަ ބަދަލެއް ގެނައި ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން މި އޮގަސްޓު މަހުން ފެށިގެން ޖުޑީޝަލް އެލަންވެސް ބޮޑުކޮށްފައިވާ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

ޑީޖޭއޭއިން ބުނީ މިއީ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވެންސް ހަމަހަމަ އުސޫލަކުން ދިނުމަށްޓަކައި ގެނައި ބަދަލެއް ކަމަށެވެ. އެގޮތުން މި މަހުން ފެށިގެން އަސާސީ މުސާރައިގެ 35 އިންސައްތައަށް ޖުޑީޝަލް އެލަވެންސް އިތުރު ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ ލިބެމުން ދިޔައީ 187 މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ 11 މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް މިހާރު މި ގެނައި ބަދަލާއެކު ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ 800 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް