Advertisement
ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 16:26
ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް، އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް، އިބްރާހީމް މުހައްމަދު ސާލިހު
ރިޔާސީ އިންތިޚާބު 2023
ވާދަވެރިންނަށް ރައީސްގެ ރައްދު - "އެންމެންވެސް ތިބީ ޓެސްޓްކޮށްފައި، ފަސޭހައިގައި ކަންކަން ކޮށްނުދެވުނު ބަޔަކަށް ދެންވެސް ކަންކަން ކޮށެއްނުދެވޭނެ"
އުފާވެރި އަމާން ރާއްޖެއެއް ލިބޭނީ ވިސްނުންތެރިކަމާއެކު ކަންކަން ކޮށްގެން ކަމަށް ރައީސް ވިދާޅުވި
ގޮއިދޫއަށް ރައީސް ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައި
ރައީސް ވިދާޅުވީ، ވެރިކަމުގެ ދައުރެއް ނިންމަވާލައްވަނީ ސިޔާސީ ބޭނުމަކަށް އެއްވެސް މީހަކު ހައްޔަރުނުކުރައްވާ ކަމަށް

މިހާރު ރިޔާސީ އިންތިޚާބަށް ވާދަކުރައްވަން ނިންމަވާފައިވާ ހުރިހާ ބޭފުޅުންނަކީ ވެސް ޓެސްޓްކޮށްފައިވާ ފަރާތްތައް ކަމަށާއި، ފަސޭހައިގައި ކަންކަންކޮށް ނުދެއްވުނު ބަޔަކަށް ދެންވެސް ކަންކަން ކޮށްނުދެއްވޭނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ބ. ގޮއިދޫގައި ހޯމަ ދުވަހު ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވެރިކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި، ފަހަތަށް ދަމުން ގޮސް ގެއްލޭ ހިސާބުގައި ތިއްވެވި ބައެއް ބޭފުޅުންވެސް ތިއްބެވިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ވެރިކަމަށް ވާދަކުރައްވާ ކެނޑިޑޭޓުންނަކީ ތަޖުރިބާކޮށްފައިވާ ބޭފުޅުން ކަމަށާއި. މިއަދު ނުކުމެވަޑައިގެން ކަންކަން ކުރާނީ ވަކި ގޮތަކަށް ކަމަށް ވިދާޅުވިޔަސް އެކަން ގަބޫލުކުރާނީ ކިހިނެއްތޯ ރައީސް ސުވާލު އުފެއްދެވިއެވެ. ރައީސް ވަނީ، ކުރީގައި ޕްލޭނިން މިނިސްޓަރުކަމުގައި ހުންނެވިއިރު މުއިއްޒު ކުރައްވާފައިވާ ކަންކަމަށް ފާޑުވެސް ވިދާޅުވެފައެވެ. ރައީސް ވަނީ، ވެރިކަމަށް ކުރިމަތިލައްވާފައިވާ ހުރިހާ ބޭފުޅުންނަކީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށާއި، އޭރު ނުކުރެއްވުނު ކަންކަން މިހާރު ކުރެއްވެންވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

9 ސެޕްޓެމްބަރުގައި ނިންމާ ނިންމުމަކީ މުހިންމު ވޯޓެއް ކަމަށާއި އުފާވެރި އަމާން ރާއްޖެއެއް ލިބޭނީ ވިސްނުންތެރިކަމާއެކު ކަންކަން ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. ގޮއިދޫއަށް ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި:

- އިންޖީނުގެ މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކޮށް، ރަނގަޅު ފެންވަރުގެ ކަރަންޓު ފޯރުކޮށްދިނުން

Advertisement

- ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ބޮޑުކުރުން

- ޒުވާނުންނަށް ސްޕޯޓްސް ކޮމްޕްލެކްސް

- ސިއްހީ ޚިދުމަތް ރަނގަޅުކޮށްދިނުމަށް، ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދިނުން ހިމެނެއެވެ.

ރައީސް ވިދާޅުވީ، ވެރިކަމުގެ ދައުރެއް ނިންމަވާލައްވަނީ ސިޔާސީ ބޭނުމަކަށް އެއްވެސް މީހަކު ހައްޔަރުނުކުރައްވައި ކަމަށެވެ. އަދި އެއްވެސް ޓީވީ ސްޓޭޝަނެއް ހުއްޓުވާފައި ނުވާނެކަމަށާއި, ނޫސްވެރިޔަކު ހައްޔަރުކޮށްފައިވެސް ނުވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް އެމަނިކުފާނުގެ ސިޔާސަތަކީ ޚިޔާލް ތަފާތުވުމަށް ޖާގަދީގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް