ކ. މާލެ
|
21 އޯގަސްޓް 2023 | ހޯމަ 13:10
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާ
ޖަލްސާ އިތުރަށް ކުރިއަށް ގެންދެވޭނެ ޖާގަ އެއް ނެތް ކަމަށް ބުނެ ހޯމަ ދުވަހުގެ ޖަލްސާ ނިންމާލައިފި
މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ފަހު ޖަލްސާތައް އަލުން ފެށީ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިތުރަށް ކުރިއަށް ގެންދެވޭނެ ޖާގަ އެއް ނެތް ކަމަށް ބުނެ ހޯމަ ދުވަހުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ހޯމަ ދުވަހަށް އެޖެންޑާކުރީ އެތައް ދުވަހެއް ވަންދެން ޖަލްސާ ރަނގަޅަށް ކުރިއަށް ނުގެންގޮސް އޮތުމަށް ފަހު ޗުއްޓީ އަށް ވަޑައިގެން، މަޖިލީހުގެ ޗުއްޓީ ނިމުނުތާ ވެސް ދުވަސްކޮޅެއް ފަހުންނެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ފަހު ޖަލްސާތައް އަލުން ފެށީ ހޯމަ ދުވަހުއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން އެޖެންޑާކުރިއެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުންގެ ތެރެއިން އެކަން މަޖިލީހަށް އަންގަވާފައި ވަނީ މަދު މެމްބަރުންތަކެއް ކަމަށް ވިދާޅުވެ އިތުރު މެމްބަރުންނަށް ދަ ޑިމޮކްރެޓްސް އާއި ގުޅުނުކަން އެންގުމަށް ފުުރުސަތުދެއްވާފައެވެ. އެއާއި އެކު ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އަނެއްކާވެސް ލަސްވިއެވެ.

މެމްބަރުން އެކަމާއި ނުރުހުން ފާޅުކުރައްވަން ފެއްޓެވުމުން ޖަލްސާ މެދުކަނޑާލެއްވިއެވެ. ޖަލްސާ މެދުކަނޑާލި އިރު 3 މެމްބަރުންގެ ނަން މަޖިލީހުގައި ވަނީ އިއްވަވާފައެވެ.

ޖަލްސާ އަލުން ފެށީ ބޭފުޅުން މަޖިލީހުގެ ނެތްކަމަށް ނިންމެވުމަށް ފަހުގައެވެ. އޭގެ ފަހުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާއާއި އެހެން މެމްބަރުން ވަނީ މަޖިލީހުގައި ނުރުހުން ފާޅުކުރައްވާފައެވެ. ނަޝީދު ވަނީ އެ ހިސާބުން ހޯމަ ދުވަހުގެ ޖަލްސާ ނިންމަވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް