ކ. މާލެ
|
18 އޯގަސްޓް 2023 | ހުކުރު 13:02
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ރަހިމުގެ ގުޅުން ދެމެހެއްޓުން
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުވެ ނުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލި ކުރައްވާ ކަމެއް: ޚުތުބާ
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ﷲގެ ރުހިވޮޑިގަތުން ލިބޭނެ ކަމެއް
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް
ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައި ވެސް އުގޫބާތް ލިބޭނެ

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުވެ، ރިޒުގު ތަނަވަސްވެ، ނުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލި ކުރައްވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ގާތްތިމާގެ މީހުންނަށް އިހްސާންތެރިވުން ކަމަށާއި، އެމީހުންނަށް ޒިޔާރަތްކޮށް އެމީހުންގެ ހާލުއަލުވާލު ބަލައި، އެމީހުންނަށް ހެޔޮ ފޯރުވުން ކަމަށެވެ. އަދި އެމީހުންނަށް ޒިޔާރަތް ކުރެވެން ނެތް ހާލަތެއްގައި މިއަދު ފޯނުން ގުޅައި ހާލުއަހުވާލު ބަލައި އަދި މުނާސަބަތުތަކުގައި ތަހުނިޔާ ބަދަލުކުރެވިދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ބައެއް މީހުންނަށް އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހިމުގެ ގޮތުން ގުޅިފައިވާ މީހުންނަކީ ކޮބައިކަން ނޭނގިދާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބައެއް މީހުންނަށް އެއީ ކޮން ބައެއްކަން އެނގުނުކަމުގައި ވިޔަސް އެމީހުންނަށް ޒިޔާރަތްކުރުމާއި ބަލިވުމުން ގޮވައިލަންދިޔުން އެމީހުންގެ ދަރިންނަށް މަނާކުރާ ކަމަށެވެ. މިއީ މައިންބަފައިން އެމީހުންގެ ދަރީންނަށް ރަހިމުގެ ގުޅުން ކެނޑުމަށް ގޮވައިލާ ގޮވައިލުމެއްގެ ގޮތުގައި ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުވެ، ރިޒުގު ތަނަވަސްވެ، ނުބައި މަރަކުން މަރުވެދިޔުމާއި ދުރުހެލި ކުރައްވާނެ ކަމެއް ކަމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ﷲގެ ރުހިވޮޑިގަތުން ލިބޭނެ ކަމެއް ކަމަށެވެ. އެއީ ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ ލިބޭނެ ކަމެއް ކަމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ފާފަ ފުއްސަވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރަހިމު ގުޅުން ދެމެހެއްޓުމަކީ މާތްﷲ ގެ ހަސްރަތާ ތިމާ ކުއްތަންކޮށްދޭނޭ ހެޔޮ އަމަލެއް ކަމަށާއި، ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މާތްﷲ ވަހީކުރައްވާފައިވޭ ''މާނައީ: މީސްތަކުން އެއުރެން ހޭދަކުރަންވީ ކޮން އެއްޗެއްތޯ ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް ހޭދަކުރަންވީ، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ހާލުގައި ޖެހިފައިވާ ދަތުރުވެރިންނަށެވެ. އަދި ތިޔަބައިމީހުން ކުރާ ހެޔޮކަމެއް ހަމަކަށަވަރުން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައި ވެސް އުގޫބާތް ލިބޭނެ ކަމަށެވެ. އެހެންކަމުން ރަހިމުގެ ގުޅުން ބަދަހިކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް