ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 20:05
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން
ރާއްޖެއެމްވީ
ވ. އާރަށު ޚިޔާނާތް
އާރަށު ޚިޔާނާތް: ގެއްލިފައިވަނީ ފަސްލައްކަ ރައްޔިތުންގެ ހައްގު
ދިފާއީ ހެކިން ހެކިބަސް އަދާކުރައްވާފައި ވަނީވެސް ހެކިބަހާމެދު ސުވާލު އުފެދޭ ގޮތަށްކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވި
މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައި

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނާއި ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. ނަމަވެސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅި، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ މައްސަލަ ބަލައި ހައިކޯޓުން ވަނީ، ޖޫރިމަނާއާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި، ޖަލު އަދަބު ތަންފީޒުކުރުން ފަސް ކުރެވެން ނެތް ކަމަށް ނިންމާފައެވެ.

އާރަށު ޚިޔާނާތުގެ މައްސަލާގައި ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ބުދަ ދުވަހު ކުރިއަށްދިޔައީ ދައުލަތުން އިސްތިއުނާފަށް ދީފައިވާ ރައްދާ ގުޅޭގޮތުން އިސްތިއުނާފު ހުށަހެޅި ފަރާތުން ވާހަކަ ދެއްކުމެވެ.

ޔާމީނުގެ ވަކީލުން ބުނެފައިވަނީ، މަގާމުގެ ނުފޫޒު ފޯރުވުމަށް ޔާމީނު ކުރެއްވި ކުޑަ މިންވަރެއްގެ އަމަލެއްވެސް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ.

Advertisement

މި އަޑުއެހުމުގައި ޔާމީން ވިދާޅުވީ، ދަށު ކޯޓުން ފަނޑިޔާރުން ނިންމެވުމަށް ވާސިލުވި ސަބަބުތަކާ ގުޅޭގޮތުން މައުލޫއީ ބަހުސްގެ ތެރެއިން އެއްވެސް ކަމެއް ސާފުކުރައްވާފައި ނުވާކަމަށެވެ.

ދައުލަތުގެ ވަކީލުން ވަނީ މި މައްސަލާގައި ގެއްލިފައިވަނީ ފަސްލައްކަ ރައްޔިތުންގެ ހައްގުކަން ފާހަގަކޮށް، މި މައްސަލާގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

މި މައްސަލައިގައި ދިފާއީ ހެކި ހުށަހަޅާފައިވާގޮތާއި، ދިފާއީ ހެކިން ހެކިބަސް ދީފައިވާގޮތަށް ބަލާއިރު، ރައީސް ޔާމީނަށް ފަހިވާ ކަންކަން ފިޔަވައި ދެން ހުރި ކަންކަން ދިފާއީ ހެކިންގެ ހަނދާނުގައި ނެތްކަމަށް ދައުލަތުގެ ވަކީލު ބުންޏެވެ. އެގޮތުން ހެކިބަހުގެ ވަށައިގެން ހުރި ވަރަށް އަސާސީ ކަންކަންވެސް ވިދާޅުވާން އެނގިވަޑައިނުގެންނެވި ކަމަށް ދައުލަތުގެ ވަކީލު ބުންޏެވެ.

އޭގެ އިތުރުން، ދިފާއީ ހެކިން ހެކިބަސް އަދާކުރައްވާފައި ވަނީވެސް ހެކިބަހާމެދު ސުވާލު އުފެދޭ ގޮތަށްކަން ދައުލަތުގެ ވަކީލު ފާހަގަކުރިއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއު, ފަނޑިޔާރު އަލްއުސްތާޒާ ޚުޒައިފާ މުހައްމަދު އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
16 އޯގަސްޓް 2023 | ބުދަ 20:42
މުހައްމަދު
މައްސަލަ ފެށުނު ހިސާބަކީ އެހެންމީހުންނަށް އަދީބަކީ އެންމެ އިތުބާރުކުރާ މީހާކަމަށް އެހެން މީހުންނަށް ގަބޫލުކުރެވޭ ހިސާބަށް ކަންކަން ދިއުން. އެހިސާބުން ރައީސުވިދާޅުވީއޭ ކިޔާފަ އަދީބު ބުނާކޮންމެވާހަކަޔަކީ ތެދެއްކަމަށް އެންމެނަށް ގަބޫލުކުރެވެން ފެށި އޭގެ ފައިދާ އަދީބު ނަގަންފެށީ.