Advertisement
ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 13:15
ރައީސް ޞާލިހު ނ.މާފަރުގެ ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ޞާލިހު ނ.މާފަރުގެ ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ
ރައީސްގެ ފާޑުވިދާޅުވުން އިދިކޮޅަށް
ރައީސްގެ ހޫނު ބަހުގެ ހަމަލާތަކެއް އިދިކޮޅަށް: "ބައްދަލުކޮށް ފޮޓޯވެސް ނެގި، ކޯލިޝަނެއް ނުހެދުނު"
މާފަރުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ލަސްވާ ކަމުގެ ކަންބޮޑުވުން އެމަނިކުފާނާއި ހަމައަށް އައިސްފައިވާ ކަމަށް ރައީސް ވިދާޅުވި
ރައީސް ވަނީ އިދިކޮޅަށް ވެރިކަން ލިބުނަސް ކަމެއްކޮށް ނުދެވޭނެ ކަމަށް ވިދާޅުވެފައި
ރައީސް ވަނީ މި ފަހަރު ކޯލިޝަން ހެދުން ފެނުނީ ތަފާތުކޮށް ކަމަށް ވިދާޅުވެފަ

އިދިކޮޅު ފަރާތްތަކުން ވެސް ރިޔާސީ އިންތިޚާބަށް ނުކުތުމަށް ކޯލިޝަން ހަދަން ވަރަށް މަސައްކަތް ކުރި ކަމަށާއި އެކަން ކާމިޔާބު ނުވިކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ނ.މާފަރުގެ ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިން ސިޔާސީ މީހުން މަސައްކަތް ކުރީ ކޯލިޝަން ހަދައިގެން އޭރެއްގައި އޮންނަ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. އެހެންނަމަވެސް މިފަހަރު އެކަން ތަފާތު ކަމަށާއި މި ސަރުކާރަކީ ވެރިކަމުގައި އޮވެ ކޯލިޝަނަކާއި އެކު ދެވަނަ ދައުރަކަށް ވާދަކުރާ ބައެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބަށް ކޯލިޝަނަކާއި އެކު ނުކުތުމަށް އެހެން ބޭފުޅުން ވެސް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ރިސޯޓްތަކަސް ގޮސް މަޝްވަރާ ކުރެއްވި ކަމަށާއި އެ ބޭފުޅުން އެ މަޝްވަރާތަކުގެ ފޮޓޯތައް ވެސް ނެންގެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭރު އެ ބައްދަލުވުންތަކަށް ފަހު "މާދަމާ" އެއްބަސްވުމެއް ހަދާފާނެ ކަމަށް ހީވި ނަމަވެސް އިދިކޮޅު އެންމެންވެސް އިންތިޚާބަށް ނުކުތީ ވަކިވަކިންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެ އެންމެންވެސް ބޭނުންވަނީ ވެރިކަން ނުވަތަ ބޮޑުވަޒީރުކަން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement

އެގޮތުން ވެރިކަން ލިބުނަސް އެ ބޭފުޅުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭނެ ކަމަށާއި، އޭގެ ބަދަލުގައި އުޅުއްވާނީ އަމިއްލަ ކަންކަމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުން އެމަނިކުފާނު ބޭނުންފުޅުވާ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ހަމައެކަނި މަގްސަދަކީ ފަށާފައި ހުރި މަސައްކަތް ނިންމުން ކަމަށާއި ބޭނުން ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކޮށްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މިފަހަރު ރެކޯޑް އަދަދަކުން އިދިކޮޅަށް އިންތިޚާބު ވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މާފަރަށް ކޮށްދެއްވާނެ ކަންކަމާއި މެދު ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެ ރަށުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ލަސްވާ ކަމުގެ ކަންބޮޑުވުން އެމަނިކުފާނާއި ހަމައަށް އައިސްފައިވާ ކަމަށާއި، ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި އެ ތަނުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ. މީގެ އިތުރުން ސްކޫލަށް ބޭނުންވާ ސައިންސް ލެބާއި ޒަމާނީ މަސްމާރުކެޓަކާއި ކުޑަކުދިން ޕާކެއްގެ އިތުރުން ބައެއް މުހިންމު އެހެން ކަންކަން ކޮށްދެއްވުމަށް ވެސް ވައުދުވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް