Advertisement
ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 14:07
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ އޮފީސް
ޕީޖީ އޮފީހުގެ "ޚަބަރު ފީތާ"
ޕީޖީ އޮފީހުގެ "ޚަބަރު ފީތާ" ލޯންޗުކޮށްފި
ނޫސްވެރިން ކުރާ ސުވާލަށް ޕީޖީ އޮފީހުން ދޭ ޖަވާބުތައްވެސް، ޢާންމުންނަށް ފެންނަން ހުންނާނެގޮތަށް ދަނީ އިންތިޒާމު ކުރަމުން
އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް، ޕީޖީ އޮފީހުގެ ލެތުން ވެބްސައިޓުން ފެންނާނެ

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ "ޚަބަރު ފީތާ" ލޯންޗުކޮށްފިއެވެ.

އައު ވެބްސައިޓާއެކު، ޕީޖީ އޮފީހުގެ ރަސްމީ މުޢާމަލާތުތައް ކުރާނެ މީޑިއާ ވެބްސައިޓެއްވެސް ތަޢާރަފު ކޮށްފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ އޭނާގެ ބްލޮގްގައި ހިއްސާ ކުރައްވާފައެވެ.

ޕީޖީ އޮފީހުގެ ވެބްސައިޓުގައި "ޚަބަރުފީތާ" ގެ ނަމުގައި ލޯންޗުކުރި މި ފީޗަރގައި ޕީޖީ އޮފީހުން ޢާންމުންނަށާއި ނޫސްވެރިންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތުތައް ހިމެނޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement

އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައި، ނޫސްވެރިން ޕީޖީ އޮފީހާ ކުރަން ބޭނުން ސުވާލުތައްވެސް، އޮންލައިންކޮށް، ވަކި ނިޒާމެއްގެ ތެރެއިން ކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށާއި، ސުވާލުކުރާ މީހާ ކުރާ ސުވާލާއި، އެސުވާލަށް ޕީޖީ އޮފީހުން ދޭ ޖަވާބުތައްވެސް، ޢާންމުންނަށް ފެންނަން ހުންނާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވަނީ އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް، ޕީޖީ އޮފީހުގެ ލެތުން ވެބްސައިޓުން ފެންނަ ގޮތަށް ހަމަޖައްސާފައެވެ. އެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިއީ، އިލެކްޝަންސް ކޮމިޝަންގެ އެދިވަޑައިގަތުމަކަށް ކުރެވުނު މަސައްކަތެކެވެ.

މިއާއެކު، އިންތިޚާބާބެހޭ ހުރިހާ ޤާނޫނަކާއި ގަވާއިދެއްގެ އެންމެ ފަހުގެ އަދާހަމަ ކުރެވިފައި އޮތް ގޮތް، ބަހަކުން، ނުވަތަ ނަންބަރަކުން ނުވަތަ ޢިބާރާތަކުން ވިޔަސް ހޯދައިލެވޭނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް