ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 13:27
ހުއްދައަށް އެދެންޖެހޭނެ ބާވަތްތަކުގެ ލިސްޓެއް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މަޝްވަރާއާއެކު އެކުލަވާލަންޖެހޭ
ހުއްދައަށް އެދެންޖެހޭނެ ބާވަތްތަކުގެ ލިސްޓެއް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މަޝްވަރާއާއެކު އެކުލަވާލަންޖެހޭ
ނުރައްކާތެރި ހަތިޔާރު
ނުރައްކާތެރި ހަތިޔާރު ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި
މި ބާވަތުގެ މައްސަލަ ތަޙުޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނީ ކަސްޓަމްސްއިން
ހުއްދައަށް އެދެންޖެހޭނެ ބާވަތްތަކުގެ ލިސްޓެއް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި އާންމުކުރަން ޖެހޭ

ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު އާންމުކޮށް، އެ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދަކީ ނުރައްކައުތެރި ހަތިޔާރާއި ތޫނު އެއްޗެހީގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތީގެ ތެރެއިން އާންމު ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތުގެ ބޭނުމަށް ބޭނުންކުރާ ތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއި، ބައިނަލްއަގުވާމީ ގޮތުން ނުވަތަ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ހަތިޔާރެއް ގޮތުގައި ބަލާ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުރިން ނުވަތަ ރާއްޖޭގައި އުފެއްދުމުގެ ކުރިން ހޯމް މިނިސްޓްރީގެ ހުއްދަ ނެގުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.

އެގޮތުގެ މަތިން ހުއްދައަށް އެދެންޖެހޭނެ ބާވަތްތަކުގެ ލިސްޓެއް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މަޝްވަރާއާއެކު ހޯމް މިނިސްޓްރީން އެކުލަވާލައި، ގެޒެޓު ކުރަން ޖެހެއެވެ.

މި ގަވާއިދާ ޚިލާފަށް ނުރައްކައުތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފިނަމަ އެ އެއްޗެއް ހިފެހެއްޓުމުގެ އިޚްތިޔާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވެއެވެ.

އޭގެ އިތުރުން، ބިދޭސީއަކު ނުރައްކައުތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފިނަމަ އެ އެއްޗެއް އަނބުރާ ރާއްޖެއިން ބޭރަށް ގެންދިއުމުގެ ފުރުޞަތު ދިނުމުގެ އިޚްތިޔާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންވާކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.

މި ގަވާއިދާ ޚިލާފަށް ނުރައްކައުތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ދިވެހިރާއްޖެއަށް ގެނެސްފިނަމަ، އެ މައްސަލަ ތަޙުޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނީ ކަސްޓަމްސްއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް