ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 13:08
ރައީސް ނޫނު އަތޮޅަށް ކުރަައްވާ ދަތުރުފުޅުގެ ތެރެއިން
ރައީސް ނޫނު އަތޮޅަށް ކުރަައްވާ ދަތުރުފުޅުގެ ތެރެއިން
އެމްޑީޕީ
ގޯތި ދޫކުރުން
އޯގަސްޓު މަަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ޙަވާލު ކުރަން ފަށާނެ: ރައީސް
ގޯއްޗާއި ފްލެޓު އަޅަމުންދަނީ އެކަމަށް އެކަށީގެންވާ ދިރާސާތައް ހެދުމަށްފަހު
ސަރުކާރުގެ ވިސްނުމަކީ މިހިނގާ އޯގަސްޓު މަަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ޙަވާލު ކުރަން ފެށުން
މާލެއިން ދޫކުރަން ނިންމި ގޯތި ދިނުމުގެ މަސައްކަތް އޮތީ އެންމެ ފަހުގެ މަރުޙަލާގައި

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންނަށް އޯގަސްޓު މަަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ޙަވާލު ކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ކުޑަފަރީގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުން ކަމަށެވެ.

ސަރުކާރުން ގޯއްޗާއި ފްލެޓު އަޅަމުންދަނީ އެކަމަށް އެކަށީގެންވާ ދިރާސާތައް ހެދުމަށްފަހުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލެއިން ދޫކުރަން ނިންމި ގޯތި ދިނުމުގެ މަސައްކަތް އޮތީ އެންމެ ފަހުގެ މަރުޙަލާގައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ މިހިނގާ އޯގަސްޓު މަަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ޙަވާލު ކުރަން ފެށުން ކަމަށެވެ.

ކޮންމެ ދުވަހަކު ކޮންމެވެސް ބަޔަކަށް، އާއިލާތަކަކަށް ގޯތި ލިބެމުންދާނެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ޕްލޭނިންގ މިނިސްޓްރީން މިހާރު ގެންދަނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ބިންތަކުގެ މިން ކަނޑައެޅުމާއި، ބިން ދޭނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތްކަމަށާއި، ލިސްޓު ނެރުމަށްފަހު އެމީހަކަށް ގޯތި ލިބޭނީ ކޮން ތާކުންތޯ ކަނޑައަޅަންގުރުއަތުނެގުން އޮންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

"ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 800 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް