ކ. މާލެ
|
14 ޖުލައި 2023 | ހުކުރު 17:12
އެންމެ ފަހު ގްރޫޕުގައި ހިމެނޭ ހައްޖުވެރިންނަށް ނާއިބުރައީސް މަރުހަބާ ދެންނެވުން
އެންމެ ފަހު ގްރޫޕުގައި ހިމެނޭ ހައްޖުވެރިންނަށް ނާއިބުރައީސް މަރުހަބާ ދެންނެވުން
ރައީސް އޮފީސް
ހައްޖު 1444
ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕު ރާއްޖެ އަތުވެއްޖެ
290 ހައްޖުވެރިން ފަހު ގްރޫޕުން އައިސްފައިވޭ
ނާއިބުރައީސް ވަނީ ހައްޖުވެރިންނަށް މަރުހަބާ ދަންނަވާފައި

މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕު ރާއްޖެ އަތުވެއްޖެއެވެ.

އެންމެ ފަހު ގްރޫޕުގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިންނެވެ. އެންމެ ފަހު ގްރޫޕުގައި 290 ހައްޖުވެރިން ހިމެނެއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި މިއަހަރުގެ އަމީރުލް ހައްޖު، ފައިސަލް ނަސީމް ވަނީ ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕަށް ވެލާނާ އިންޓަރނޜޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވެފައެވެ. އަދި ހައްޖުވެރިންގެ ކަންކަން އެމަނިކުފާނު ވަނީ ބައްލަވާފައެވެ.

މިއަހަރު ރާއްޖެއިން 1،000 މީހުންނަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވެއެވެ. ކުރިއަށް އޮތް ތަނުގައި އިތުރު މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކޯޓާ އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް