ކ. މާލެ
|
14 ޖުލައި 2023 | ހުކުރު 13:05
ހުކުރު ނަމާދު
ހުކުރު ނަމާދު
ރާއްޖެއެމްވީ
ހިޖުރައިގެ ޒިކުރާއާއި ފިލާވަޅުތައް
މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ، އަޤީދާގައި ރެނދު އަޅައިފިނަމަ އެ ބަޔަކު ބަލިވާނެ: ހުކުރު ޚުތުބާ
މުސްލިމުންނަށް އިއްޒަތާއި ޤަދަރު ލިބެން އޮތީ އެމީހުންގެ އަޤީދާގައި ހިފެހެއްޓި މިންވަރަކުން
ހިޖްރަކީ އިސްލާމީ ދައުލަތުގެ ފެށުން
މުސްލިމުންނަށް ނަސްރާއި ނަސީބު ލިބެން ފެށީ، މަދީނާގައި މުސްލިމުންނަށް ހަމަޖެހުން ލިބުމުން

މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ، އަޤީދާގައި ރެނދު އަޅައިފިނަމަ އެ ބަޔަކު ބަލިވެގެން ހިނގައިދާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހިޖްރައިގެ ޒިކްރާއާއި ފިލާވަޅުތައް މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ މުސްލިމުންނަށް އިއްޒަތާއި ޤަދަރު ލިބެން އޮތީ އެމީހުންގެ އަޤީދާގައި ހިފެހެއްޓި މިންވަރަކުން ކަމަށެވެ. އަޤީދާ ބަލިކަށިވި ވަރަކަށް އެއުރެން ނިކަމެތިވާނެ ކަމަށެވެ. ކީރިތި ރަސޫލާ ﷺ މަދީނާގައި ޤާއިމުކުރެއްވި އިސްލާމީ ދައުލަތް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ބާރު ކަމަގައިވާ ފާރިސީންނާއި ރޯމަނުން ބަލިކުރީ މުސްލިމުންގެ އަދަދު ގިނަވެގެން ނޫން ކަމަށެވެ. އަދި ގެންގުޅުނު ހަތިޔާރު މޮޅުވެގެނެއް ވެސް ނޫނެވެ. އެކަމަކު އެމީހުންގެ އަޤީދާއާއި އިމާންކަން ހަރުދަނާވުމުގެ ސަބަބުން ކަމަށް ޚުތުބާގައި ބުންޏެވެ.

ކުރިއަތް އޮތް ހަފްތާގެ ތެރޭގައި އިސްލާމީ އުއްމަތް ހިޖްރީ އައު އަހަރަކާ އިސްތިޤުބާލު ކުރާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިކަން ގުޅެނީ ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖްރައިގެ ހާދިސާއާ ކަމަށެވެ. އެ ހިޖްރައިގެ ސަބަބުން އިސްލާމީ ދައުވަތު އައު ފަތިހަކަށް އަލިވިލުނު ކަމަށާއި މަދު މީސްކޮޅަކުން ބޮޑު އުއްމަތަކަށް ބަދަލުވި ކަމަށެވެ.

ހިޖްރަކީ އިސްލާމީ ދައުލަތުގެ ފެށުމެވެ. މުސްލިމުންނަށް ނަސްރާއި ނަސީބު ލިބެން ފެށީ، މަދީނާގައި މުސްލިމުންނަށް ހަމަޖެހުން ލިބުމުން ކަމަށް ޚުތުބާގައި ބުންޏެވެ. މާތްﷲ ރުއްސުންލެއްވި އުމަރުގެފާނުގެ ޚިލާފަތުގެ ތިންވަނަ އަހަރު އިސްލާމީ ކަލަންޑަރުގެ ފެށުމަކީ ކީރިތި ރަސޫލާ ﷺ މައްކާ އިން މަދީނާއަށް ހިޖްރަ ކުރެއްވި ތާރީޚު ކަމުގައި ނިންމެވިއެވެ. އެއީ އަހަރެއް ނިމި އަހަރެއް ފެށޭއިރު މުސްލިމުންގެ ހިތުގައި ދީނީ ރޫހު އާލާވާނެ ހާދިސާގެ ޒިކުރާ ދެމެހެއްޓުމަށްޓަކައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް