ކ. މާލެ
|
7 ޖުލައި 2023 | ހުކުރު 08:43
ހައްޖުވެރިއެއް
ހައްޖުވެރިއެއް
އިސްލާމިކް މިނިސްޓްރީ
ހައްޖު 1444
ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފި
ހައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7، 10 އަދި 14 ވަނަ ދުވަހު

މިއަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ދިޔަ ހައްޖާޖީން އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަން ފަށައިފިއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އައިސްފައިވާކަމަށެވެ. މި ގްރޫޕުގައި ހިމެނެނީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށްދިޔަ ޙައްޖުވެރިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާފައިވާއިރު، މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ހަމަޖެއްސެވި އަމީރުލްހައްޖު އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އަދި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީވެސް ވަނީ ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ ވަޑައިގެންފައެވެ.

ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުލައި 7، 10 އަދި 14 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް