ކ. މާލެ
|
5 ޖުލައި 2023 | ބުދަ 18:10
މޭސަން މައުންޓް، ޔުނައިޓެޑަށް ސޮއިކުރުމަށްފަހު - ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
މޭސަން މައުންޓް، ޔުނައިޓެޑަށް ސޮއިކުރުމަށްފަހު - ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
މައުންޓް، ޔުނައިޓެޑަށް
އާ ސީޒަނަށް މެންޗެސްޓަރ ޔުނައިޓެޑުން ސޮއިކުރި ފުރަތަމަ ކުޅުންތެރިއަކަށް މޭސަން މައުންޓް
މޭސަން މައުންޓް ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައި

އާ ސީޒަނަށް މެންޗެސްޓަރ ޔުނައިޓެޑުން ސޮއިކުރި ފުރަތަމަ ކުޅުންތެރިއަކަށް, ޗެލްސީގެ މިޑްފީލްޑަރ މޭސަން މައުންޓް ވެއްޖެއެވެ.

24 އަހަރުގެ މިޑްފީލްޑަރ ޔުނައިޓެޑާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިތުރު އަހަރަކަށް އެއްބަސްވުން އާ ކުރުމުގެ ފުރުސަތުވެސް ލިބޭގޮތަށެވެ. އޭނާގެ އަގަކީ 55 މިލިއަން ޕައުންޑެވެ. ޔުނައިޓެޑަށް ސޮއިކުރުމަށްފަހު އިނގިރޭސި މިޑްފީލްޑަރު ބުނީ، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާ ބައްދަލުކޮށް ކުރި މަޝްވަރާތަކަށްފަހު ޔުނައިޓެޑާ ބަދަލުވާން ނިންމުން ވީ ފަސޭހަ ނިންމުމަކަށް ކަމަށެވެ. އަދި ޓެން ހާގުގެ ޕްލޭނާމެދު ހިތްހަމަ ޖެހޭކަމަށާއި, އެ ޕްލޭންގައި އޭނާއަށް މުހިއްމު ދައުރެއް ލިބޭނެކަމަށް ބުންޏެވެ. އެރިކް ޓެން ހާގާއެކު ޔުނައިޓެޑުން ހޯދި ކުރިއެރުންތައް އެންމެންނަށްވެސް ފެންނާނެކަން މައުންޓް ފާހަގަކުރިއެވެ.

މޭސަން މައުންޓް ހޯދަން ޔުނައިޓެޑުން ފުރަތަމަ ކުރި ތިން ބިޑަށްވެސް ޗެލްސީން ބުނީ ނޫނެކޭއެވެ. އެކަމަކު މައުންޓްގެ މުހިއްމުކަން ބޮޑުވުމުން ޔުނައިޓެޑުން ދޫނުކޮށް ކުރި މަސައްކަތުގެ ނަތީޖާއަކީ ކުޅުންތެރިޔާވެސް ވަރަށް ބޮޑަށް ބޭނުންވެ، އޭނާގެ ޒުވާން ދުވަސްވަރު ހޭދަކުރި ކްލަބް ދޫކޮށްލުމެވެ. މައުންޓް ބުނީ ޗެލްސީ ދޫކޮށްލަން ފަސޭހަ ނޫންކަމަށާއި, އެކަމަކު ޔުނައިޓެޑުން ހުށަހެޅީ އެކަމަށް ފަސޭހަވާނެ ހުށަހެޅުމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް