Advertisement
ކ. މާލެ
|
27 ޖޫން 2023 | އަންގާރަ 14:55
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަވަސް
މެންބަރު ޒަރީރަށް ހަމަލާ ދިނުން
މެންބަރު ޒަރީރަށް ހަމަލާ ދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް އޭނާ ބަންދުކޮށްފި
ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އަލީ ނަދީމް
އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 11 ޖުލައި 2023 ގައި
ކެފޭއަށް ވަން މީހުން މެމްބަރު ޒަރީރަށް އަތުންނާއި ފައިން ޙަމަލާ ދީފައިވޭ

މަތިވެރީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން ޒަރީރަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިންވެސް ބަޔަކު ހައްޔަރުކޮށް އެމީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވެއެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 20 އަހަރުގެ ޒުވާނަކު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 11 ޖުލައި 2023 ގައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާ މިންވަަރަށް ހެކި ލިބިފައިވެއެވެ. އެގޮތުން ސީސީޓީވީ ފުޓޭޖުތައް ހުށައެޅިފައިވާއިރު، ޙާދިސާ ހިނގި ތަނަށް ސައިކަލެއްގައި ގޮސް، އެހެން ބަޔަކާއެކު އޭނާ ވަންނަކަމަށް ބެލެވޭކަމަށް ބަޔާންކޮށްފައިވެއެވެ.

Advertisement

އޭނާ ހަބީބީ ކެފޭ ތެރެއަށް ވަންނަަކަމަށް ބެލެވޭކަމަށް ކޯޓު އަމުރުގައި ބުނެފައިވާއިރު، ކެފޭއަށް ވަން މީހުން މެމްބަރު ޒަރީރަށް އަތުންނާއި ފައިން ޙަމަލާ ދީފައިވާކަމަށްވެސް ހުށައެޅިފައިވާ ހެކިންގެ ވާހަކަތަކުން އެނގޭކަމަށް ވަނީ ބުނެފައެވެ.

އެ ކަންކަމާއި، އިންޓެލިޖެންސް ރިޕޯޓުގައި ހުރި ކަންކަމަށް ބަލާއިރު، ކޮންމެވެސް ސިފައެއްގައި އެ މާރާމާރީގައި އޭނާ ބައިވެރިވިކަމަށް ވަނީ ބެލެވިފައެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މީގެ ކުރިންވެސް އޭނާ އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވެއެވެ.

އޭގެ އިތުރުން، އޭނާއަކީ މާލޭ ސިޓީގައި ޙަރަކާތްތެރިވާ ކުށް ކުރާ ގޭންގަކަށް ނިސްބަތްވާ މީހެއްކަމަށް އިންޓެލިޖެންސް ރިޕޯޓުގައިވެސް ބަޔާންކޮށްފައިވާއިރު، އެ ސަބަބުތަކަށް ބަލައި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އޭނާ ބަންުދު ކުރުމަށް ކޯޓުން ނިންމީއެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އަލީ ނަދީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް