ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 09:31
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެއެމްވީ
އާންމު ރޯގާތައް އިތުރުވުން
އާންމު ރޯގާތައް އިތުރުވާތީ ޗުއްޓީ ދުވަސްވަރު ސަމާލުވާން އަންގައިފި
ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ވަނީ އިތުރުވެފައި
ބަލި ޖެހިއްޖެނަމަ އަމިއްލައަށް އެޅޭ ފިޔަވަޅުތައްވެސް އެޅުމަށް ވަނީ އަންގާފައި

މި ދުވަސްވަރު ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން އާންމުކޮށް އޫޅޭ މިންވަރަށްވުރެ އިތުރުވުމުން ޗުއްޓީ ދުވަސްވަރުވެސް މިފަދަ އާންމު ރޯގާތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ މި ދުވަސްވަރު ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ދަތުރުކުރުމާއި، ގޭގެއަށް ޒިޔާރަތްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާތީ މިފަދަ ރޯގާތަކަށް ސަމާލުވާންޖެހޭ ކަމަށް ބުނެފައެވެ.

އެޗްޕީއޭއިން ވަނީ މި ދަނޑިވަޅުގައި މި ބަލިތަކުން ރައްކާތެރިވެތިބުމަށް ކުރެވޭނެ ކަންކަން ކުރުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން އާންމު ތަންތަނަށް ގޮސް މީހުންގެ ތެރޭގައި އުޅޭއިރު މި ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް އެޅުމަށް އެދިފައިވެއެވެ.

މިފަދަ ބައްޔެއް ޖެހިއްޖެނަމަ އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ހުން މަޑުކުރުމާއި ހުޅުހުޅުގައި ރިއްސުމަށް ޕެރަސިޓަމޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި ބަލީގައި މާ ބޮޑުވަރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް