ކ. މާލެ
|
19 ޖޫން 2023 | ހޯމަ 15:05
ރައީސް ސާލިހު، ހައްޖާޖީންނާއި ބައްދަލުކުރައްވަނީ
ރައީސް ސާލިހު، ހައްޖާޖީންނާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ހައްޖާޖީންގެ އެންމެ ފަހު ގްރޫޕާ ރައީސް ބައްދަލުކުރ
ރާއްޖެއިން ފުރާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕާ ރައީސް ބައްދަލުކުރައްވައި ޢަލްވަދާއު ވިދާޅުވެއްޖެ
ހައްޖުވެރީންނަށް މަބުރޫރް ހައްޖަކަށް އެދިވަޑައިގެންނެވި
އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ހައްޖާޖީން
މި އަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ބައްދަލުކުރައްވައި ހައްޖާޖީންނަށް އަލްވަދާއު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ މެންދުރުފަހު ފުރުމަށް ހަމަޖެހިފައިވާ ހައްޖާޖީންނާއި، އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސް ވަނީ، ހައްޖާޖީންގެ ހާލު އަހުވާލު އޮޅުންފިލުއްވަވާފައެވެ. އަދި އެމަނިކުފާނުގެ ހެޔޮދުއާތައް ވަނީ ހައްޖާޖީންނާއި އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ހައްޖަކަށް އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ހައްޖާޖީންނެވެ. 

މި އަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް