Advertisement
ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 22:43
ހައްޖުވެރިންތަކެއް
ހައްޖުވެރިންތަކެއް
ހައްޖު ކޯޕަރޭޝަން
ހައްޖުވެރިން ފުރުން
ހައްޖުވެރިން ފުރުވުމަށް އާއިލާގެ ވީހާވެސް މަދު މެންބަރުން އައުމަށް އިލްތިމާސްކޮށްފި
ހައްޖުވެރިން ފުރުވުމަށް ބަހުގައި އަންނަ މީހުން ވެސް މަޑުކުރާނީ ހުޅަނގުފަރާތު ޕާކިން ސަރަހައްދަށް
އެހެން އެއާލައިންތަކުގެ ދަތުރުވެރިން ޗެކްއިންގެ މަރުހަލާތައް އަވަހަށް ނިންމުމަށް އެދިފައިވޭ
މި ފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައި

ހައްޖުވެރިން ފުރުވުމަށް އާއިލާގެ ވީހާވެސް މަދު މެންބަރުން އައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ 1444 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ގިނަ އަދަދެއްގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވުމާއެކު ހައްޖުވެރިން ފުރާ ވަގުތުތަކުގައި ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތޮއްޖެހުން ކުޑަކޮށް، އޮމާންކަމާއެކު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހައްޖުވެރިން އަދި އެކުގައި އަންނަ އާއިލާ މެންބަރުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަަމަށެވެ.

އެމްއޭސީއެލުން ބުނީ ހައްޖުވެރިން ފުރުވުމަށް ބަހުގައި އަންނަ މީހުން ވެސް މަޑުކުރާނީ ހުޅަނގުފަރާތު ޕާކިން ސަރަހައްދަށް ކަމަށެވެ. އަދި ހައްޖުވެރިން ފުރުވުމަށް އާއިލާގެ ވީހާ ވެސް މަދު މެންބަރުން އައުމަށާއި، ހައްޖުވެރިންގެ ފްލައިޓް އޮންނަ ވަގުތުތަކުގައި ޗެކްއިން ކުރާ އެހެން އެއާލައިންތަކުގެ ދަތުރުވެރިން ޗެކްއިންގެ މަރުހަލާތައް ވީހާވެސް ކުރިން ނިންމުމަށް އެދިފައިވެއެވެ.

Advertisement

މީގެ އިތުރުން އެވަގުތުތަކުގައި އެއާޕޯޓަށް ޓެކްސީ އަދި ޕްރައިވެޓް ކާރުގައި ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓް ޕޮލިސް އަދި ޓާމިނަލް ސަރވިސަސްގެ މުވައްޒަފުންގެ އިރުޝާދުގެ ދަށުން އެއާޕޯޓުގައި ދަތުރުކުރުމަށް އެދިފައިވެއެވެ.

ހޯމަ ދުވަހު ހައްޖާޖީންގެ ފުރަތަމަ ފުލައިޓް ފުރާނެއެވެ. މިފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައެވެ. އެއީ ޖޫން މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް