ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 11:23
ސަރބިއާގެ އެތައް ހާސް ބަޔަކު އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން މަގުތައް މައްޗަށް ނުކުމެ
ސަރބިއާގެ އެތައް ހާސް ބަޔަކު އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން މަގުތައް މައްޗަށް ނުކުމެ
ރޮއިޓާސް
ސަރބިއާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުން
ސަރބިއާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް އެތައް ހާސް ބަޔަކު މަގުތައް މައްޗަށް
ހޮނިހިރު ދުވަހުގެ މުޒާހަރާ އަކީ މަސް ދުވަހުގެ ތެރޭގައި އިދިކޮޅުން އިންތިޒާމުކޮށް ކުރިއަށްގެންދިޔަ ފަސް ވަނަ މުޒާހަރާ
މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ވޫޗިކް މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައި
މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ އިންޓީރިއަރ މިނިސްޓަރު މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާފައި

ސަރބިއާގެ އެތައް ހާސް ބަޔަކު އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން މަގުތައް މައްޗަށް ނުކުމެއްޖެއެވެ.

ސަރބިއާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން، އެގައުމުގެ ދިހަ ހާހަށްވުރެ ގިނަ މީހުން ވަނީ ހޮނިހިރު ދުވަހު، ބެލްގްރޭޑްގެ މަގުތައް މައްޗަށް ނުކުމެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ގައުމުގެ އަނިޔާވެރި ސަގާފަތާ ދެކޮޅަށް އަޑުއުފުލައި، ބަޑީގެ ދެ ހަމަލާއެއްގައި 18 މީހުން މަރުވުން އެއީ މި ސަގާފަތުގެ ސަބަބުން ދިމާވާ ހާދިސާތައް ކަމަށް ބުނެފައެވެ.

ހޮނިހިރު ދުވަހުގެ މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ އިންޓީރިއަރ މިނިސްޓަރު މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ވޫޗިކް މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ. އަދި ސަރބިއާ އަކީ އަނިޔާވެރިކަމަށް ދެކޮޅު ގައުމެއްކަމަށް ބުނާ ބެނަރތަކެއްވެސް ބައިވެރިން ވަނީ ގެންގުޅެފައެވެ.

މި މުޒާހަރާ ބާއްވާފައި މިވަނީ މިއަހަރުގެ މެއި މަހުގެ ތިން ވަނަ ދުވަހު، އެގައުމުގެ އެލެމެންޓަރީ ސްކޫލެއްގައި ފުރާވަރުގެ ކުއްޖަކުން ބަޑިން ހަމަލާދީ 10 މީހުން މަރާލި ހާދިސާއަށް އެއް މަސް ދުވަސްވި ދުވަހާ ދިމާކޮށްފައެވެ. އަދި މެއި ހަތަރު ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ފިރިހެނަކު ވަނީ ބެލްގްރޭޑް ކައިރީ އޮންނަ އަވަށެއްގައި ބަޑިން ހަމަލާދީ އަށް މީހުން މަރާލާފައެވެ.

މި ދެ ހާދިސާ އާއެކު، ސަރބިއާގެ ސަރުކާރުން ވަނީ ސްކޫލްތަކުގެ ސަމަރ ބްރޭކް ފެށެން ކުރިން ކަނޑައަޅާފައި އޮތް ތާރީހުގެ ދެ ހަފުތާކުރިން، ޖޫން ދެ ވަނަ ދުވަހު ސަމަރ ބްރޭކް ފަށާނެ ކަމަށް އިއުލާނުކޮށްފައެވެ.

ސަރބިއާގެ މުޒާހަރާތައް އިންތިޒާމުކުރަމުންދާ އެގައުމުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ރައީސް އެލެކްސެންޑަރާ ވޫޗިކްގެ ސަރުކާރުން މިފަދަ އަނިޔާވެރި ހަމަލާތައް ހުއްޓުވުމަށް ނުކުޅެދިފައިވާ ކަމަށާއި، މީޑިއާގައި އެފަދަ އަމަލުތައް ޕްރޮމޯޓްކުރުވުން ނުހުއްޓުވި މުޅި މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު މިހާރު ކުރަމުންދާކަމަށް ބުނެފައެވެ. ހޮނިހިރު ދުވަހުގެ މުޒާހަރާ އަކީ މަސް ދުވަހުގެ ތެރޭގައި އިދިކޮޅުން އިންތިޒާމުކޮށް ކުރިއަށްގެންދިޔަ ފަސް ވަނަ މުޒާހަރާއެވެ.

އިދިކޮޅުގެ ތުހުމަތުތައް ރައީސް ވޫޗިކް ވަނީ ދޮގުކުރައްވާފައެވެ. އަދި ސަރުކާރު ބަދަލުކުރަން ބޭނުންނަމަ، ޗެލެންޖު ކުރަން ޖެހޭނީ އިންތިހާބަކުން ކަމަށް ވޫޗިކް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް