ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 07:13
"އިންޑިޔާ އައުޓް" ބެނަރ ދަމާފައި
"އިންޑިޔާ އައުޓް" ބެނަރ ދަމާފައި
އަދަދު
އިދިކޮޅުން ކުރިޔަށްގެންދިޔަ ޖަލްސާ
އިދިކޮޅުން ކުރިޔަށްގެންދިޔަ ޖަލްސާގައި "އިންޑިޔާ އައުޓް" ބެނާ ދަމައިފި
ޒުވާނުންތަކެއް "އިންޑިޔާ އައުޓް' ބެނަރ ދަމާފައިވާއިރު ޒުވާނުން ލައިގެން ތިބި ހުދު ކުލައިގެ ޓީޝާޓްގައިވެސް ވަނީ "އިންޑިޔާ އައުޓް" ޖަހާފައި

ޗާގޮސް މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރިގޮތާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިޔަށްގެންދިޔަ "ކަނޑުވިއްކުމާއި ދެކޮޅު" ޖަލްސާގައި ބަޔަކު "އިންޑިޔާ އައުޓް" ބެނާ ދަމައިފިއެވެ.

މި ޖަލްސާއަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދާފައިވާ ދަ ޑިމޮކްރަޓްސް ވެސް ބައިވެރިވި ޖަލްސާއެކެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން މި ސަރުކާރާ ދެކޮޅަށް އަޑުއުފުލާ އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރަންޖެހޭ ކަމަށް ބުނެ ކުރިއަށް ގެންދާ ހަރަކާތެކެވެ. މިހަރަކާތާ ދެކޮޅަށް ނާޒިމް އާއި އެމްއެންޕީން ވާހަކަދައްކާފައިވާއިރު ރައީސް ނަޝީދަކީ އެންމެ ބޮޑަށް އެހަރަކާތާ ދެކޮޅަށް ވާހަކަދައްކަވާ އެއް ބޭފުޅާއެވެ.

މިބޭފުޅުންގެ ބައިވެރިވުމާއެކު ކުރިޔަށްދިޔަ ޖަލްސާގައި ޒުވާނުންތަކެއް "އިންޑިޔާ އައުޓް' ބެނަރ ދަމާފައިވާއިރު ޒުވާނުން ލައިގެން ތިބި ހުދު ކުލައިގެ ޓީޝާޓްގައިވެސް ވަނީ "އިންޑިޔާ އައުޓް" ޖަހާފައެވެ. މިކަންތައް ކޮށްފައިވަނީ އެއްވެސް ސިޔާސީ ބަޔަކާ ގުޅިގެންކަމެއް ސާފެއް ނޫނެވެ.

ޖަލްސާގައި ވާހަކަދައްކާފައިވަނީ ޗާގޮސް މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތާއި ދެކޮޅަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް