ކ. މާލެ
|
17 ޖޫން 2025 | އަންގާރަ 17:27
ދަ ޑިމޮކްރެޓްސްގެ ޖަލްސާ އެއްގެ ތެރެއިން
ދަ ޑިމޮކްރެޓްސްގެ ޖަލްސާ އެއްގެ ތެރެއިން
ސޯޝަލް މީޑިއާ
ދަ ޑިމޮކްރެޓްސް ޕާޓީ
ދަ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އެމްޑީޕީއާ ގުޅެން ފާސްކޮށްފި
ނުރަސްމީ ނޭޝަނަލް އެސެމްބްލީން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ މި މަގުސަދު ހާސިލް ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާއީ ގުޅުމަށް އިގުރާރުވާ ކަމަށް
ޑިމޮކްރެޓްސް އިން މިފަދައިން ނިންމި ނަމަވެސް ޕާޓީ އަދި ދެމި އޮންނާނެ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފަ

ދަ ޑިމޮކްރެޓްސް ޕާޓީގެ ފަހު އެ ޕާޓީގެ އެހެން މެމްބަރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާ ގުޅެން ފާސްކޮށްފިއެވެ.

އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން އެހެން ބޭފުޅުން އެމްޑީޕީ އަށް ބަދަލުވުމަށް ނިންމާފައި ވަނީ 17 ޖޫން 2025 ވަނަ ދުވަހު ބޭއްވި ނުރަސްމީ ނޭޝަނަލް އެސެމްބްލީގެ ބައްދަލުވުމުގައެވެ.

މި ނިންމުމާއި އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުاللهއެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައެވެ. މިކަމާއި ގުޅޭ ބަހެއް ހޯދުމަށް އެ ޕާޓީގެ އިސް ބައެއް ފަރާތްތަކަށް ރާއްޖެއެމްވީން ގުޅިނަމަވެސް އަދި އެ މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީ އިން މި ނިންމުން ނިންމާފައި ވަނީ އެ ކަމާއި މެދު މެމްބަރުން ފުޅާމިނެއްގައި ޚިޔާލު ބަދަލުކުރެއްވުމަށް ފަހުގައެވެ.

ޑިމޮކްރެޓްސް އިން މިފަދައިން ނިންމި ނަމަވެސް ޕާޓީ އަދި ދެމި އޮންނާނެ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމަށާއި، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށް މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ޑިމޮރެޓްސް އިން ގަބޫލުކުރެއެވެ. ގިނަ ޕާރޓީއެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮސިޒިޝަނެއް އޮތުން ކަމަށް ވާއިރު އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިއްމު ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ނުރަސްމީ ނޭޝަނަލް އެސެމްބްލީން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ މި މަގުސަދު ހާސިލް ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާއީ ގުޅުމަށް އިގުރާރުވާ ކަމަށެވެ.

- ކޮމެންޓް