ކ. މާލެ
|
25 މެއި 2023 | ބުރާސްފަތި 21:46
އެގޭގައި ވަރަށް ބޮޑަށް ވަނީ އަލިފާން ހިފާފައި
އެގޭގައި ވަރަށް ބޮޑަށް ވަނީ އަލިފާން ހިފާފައި
ސޯޝަލްމީޑިއާ
އަލިފާނުގެ ހާދިސާ
މަކުނުދޫގެ ގެއެއްގައި އަލިފާން ރޯވެ އަނދަނީ
އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ރަށުގެ އާއްމު ރައްޔިތުން ދަނީ މަސައްކަތްކުރަމުން
ގޭގެ ފުރާޅާއި ފާރުތައްވެސް ވަނީ ވެއްޓިފައި
މައުލޫމާތު ލިބޭގޮތުގައި އަލިފާން ރޯވީ ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން

ހދ. މަކުނުދޫގެ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި އަލިފާން ރޯވެފައިވަނީ އެރަށުގެ އަލްފާ ނަމަކަށް ކިޔާ ގެއެއްގައެވެ. އަލިފާން ރޯވީ ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން ކަމަށާއި، އަލިފާން ރޯވިއިރު ގޭގައި އެއްވެސް މީހަކު ނެތްކަމަށް މައުލޫމާތު ލިބެއެވެ.

އާއްމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި މުޅި ގޭގައި ވަނީ އަލިފާން ހިފާފައެވެ. އަދި ގޭގެ ފުރާޅާއި ފާރުތައްވެސް ވަނީ ވެއްޓިފައެވެ.

Advertisement

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ރަށުގެ އާއްމު ރައްޔިތުން ދަނީ މަސައްކަތްކުރަމުންނެވެ.

މިހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް