ކ. މާލެ
|
25 މެއި 2023 | ބުރާސްފަތި 12:33
ބިދޭސީއަކު މި ގަވާއިދާ ޚިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރުމަކީ މަނާކަމެެއް
ބިދޭސީއަކު މި ގަވާއިދާ ޚިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރުމަކީ މަނާކަމެެއް
ރާއްޖެއެމްވީ
ބިދޭސީންގެ މައްސަލަ
ރާއްޖެ ގެންނަ ބިދޭސީ މީހާ ފިލައިފިނަމަ މިނިސްޓްރީއަށް އެކަން ރިޕޯޓްނުކޮށް ހުރުމަކީ މަނާކަމެއް
ބިދޭސީއަކު މި ގަވާއިދާ ޚިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރުމަކީ މަނާކަމެެއް
ބިދޭސީއަކު ގެނައުމުގެ ކުރިން ވޯރކްސައިޓް ރަޖިސްޓަރީކުރަން ޖެހޭ
ބިދޭސީން ގެނައުމަށް ބޭނުންވާ ކޯޓާއާއި، ވަރކް ޕަރމިޓްވެސް ހޯދަން ޖެހޭ

ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ، މިނިސްޓްރީއަށް އެކަން ރިޕޯޓްނުކޮށް ހުރުމަކީ މަނާކަމެއްކަމަށް ބަޔާންކޮށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު ގެޒެޓުކޮށްފިއެވެ.

މި ޤަވާއިދަކީ ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ވަޒީފާ އަދާކުރާ މުއްދަތުގައި ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ބިދޭސީންނަށް ދިނުމުގައި ޢަމަލުކުރާނެ އިޖުރާއަތްތަކާއި، ބިދޭސީންނަށް ވަޒީފާ ދިނުމާއި ވަޒީފާގައި ގެންގުޅުމުގައި ޢަމަލުކުރަންޖެހޭ އެހެނިހެން އުސޫލުތަކާއި ހަމަތައް ބަޔާންކުރުމަށް ޓަކައި އެކުލަވާލާފައިވާ ޤަވާއިދެކެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީއަކު ގެނައުމުގެ ކުރިން ވޯރކްސައިޓް ރަޖިސްޓަރީކުރުމާއި، އެ ވަރކްސައިޓުގައި ބިދޭސީން ވަޒީފާގައި ގެންގުޅުމުގެ ހުއްދަ ހޯދަން ޖެހެއެވެ.

އަދި ބިދޭސީން ގެނައުމަށް ބޭނުންވާ ކޯޓާއާއި، ވަރކް ޕަރމިޓްވެސް ހޯދަން ޖެހެއެވެ.

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ކޯޓާއެއްގެ ދަށުން ރާއްޖެ ގެނެސްފައިވާ ބިދޭސީއަކު މި ގަވާއިދާ ޚިލާފަށް އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުކުރުމަކ،ީ ނުވަތަ ވީއްލުމަކ،ީ ނުވަތަ ފޮނުވުމަކީ މަނާކަމެެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، އެއްވެސް ވަޒީފާއަކަށް ބިދޭސީއަކު ގެނެވޭނީ މި ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ވަޒީފާއަށް ދިވެއްސަކު ހޯދުމަށް އެދި ޖޮބް ސެންޓަރުގައި އިޢުލާނުކުރުމަށްފަހު، އެ ވަޒީފާއަށް އެކަށީގެންވާ ދިވެއްސަކު ނުލިބިއްޖެ ނަމަކަންވެސް ވަނީ ބަޔާންކޮށްފައެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީއަކު ވަޒީފާދޭ ފަރާތަށް ފިލައިފިނަމަ، ނުވަތަ ބިދޭސީއަކު ގެއްލިއްޖެނަމަ، ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރުމާއެކު މި ގަވާއިދުގެ ޖަދުވަލު 8 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާދޭ ފަރާތުން އެކަން އެކެސްޕެޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ، މިނިސްޓްރީއަށް އެކަން ރިޕޯޓްނުކޮށް ހުރުމަކީ މަނާކަމެއްކަަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އެފަދަ ފަރާތްތަކާ މެދު، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުން ދަނިކޮށް މަރުވެއްޖެނަމަ، މިނިސްޓްރީއާއ،ި މަރުވި މީހާގެ އާއިލާއާއ،ި އެ މީހާ ނިސްބަތްވާ ޤައުމުގެ ޑިޕްލޮމެޓިކް މިޝަނެއް ނުވަތަ ކޮންސިއުލޭޓް މިޝަނެއް ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާނަމަ، އެ މިޝަނަކަށް އެކަން އަންގައ،ި އެ މީހާ ވަޅުލުމުގެ ޚަރަދާއި އެކަމުގެ އިންތިޒާމުތައް ވަޒީފާދޭ ފަރާތުން ހަމަޖައްސަންވެސް ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް