ކ. މާލެ
|
22 މެއި 2023 | ހޯމަ 11:56
އަމްރިތުސާރުން 2 ދުވަހުގެ ތެރޭގައި ޕާކިސްތާންގެ 4 ޑްރޯން ވައްޓާލައިފި
އަމްރިތުސާރުން 2 ދުވަހުގެ ތެރޭގައި ޕާކިސްތާންގެ 4 ޑްރޯން ވައްޓާލައިފި
ހިންދުސްތާނީ ޓައިމްސް
އިންޑިއާ-ޕާކިސްތާން
އަމްރިތުސާރުން 2 ދުވަހުގެ ތެރޭގައި ޕާކިސްތާންގެ 4 ޑްރޯން ވައްޓާލައިފި
ހުކުރު ދުވަހުގެ ރޭ އަމްރިތުސާރުން ވަނީ އެސަރަހައްދަށް ވަދެ އުޅުނު ޕާކިސްތާންގެ ތިން ޑްރޯން ވައްޓާލާފައި
ވައްޓާލި ޑްރޯންގައި 3.3 ކިލޯގްރާމްގެ ހިރޮއިން ހެމެނޭ ތިން ޕެކެޓް އައްސާފައިވޭ
ހަތަރު ވަނަ ޑްރޯން އަމްރިތުސާރްގެ ބީއެސްއެފް އިން ވައްޓާލާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު

އަމްރިތުސާރުން ދެ ދުވަހުގެ ތެރޭގައި ޕާކިސްތާންގެ ހަތަރު ޑްރޯން ވައްޓާލައިފިއެވެ.

ހަތަރު ވަނަ ޑްރޯން އަމްރިތުސާރްގެ ބޯޑަރ ސެކިއުރިޓީ ފޯސް (ބީއެސްއެފް) އިން ވައްޓާލާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. މި ޑްރޯން ފެނިފައި ވަނީ ދަނޯ ކަލަން އަވަށް ކައިރިންނެވެ.

ބީއެސްއެފް އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، ވައްޓާލި ޑްރޯންގައި 3.3 ކިލޯގްރާމްގެ ހިރޮއިން ހެމެނޭ ތިން ޕެކެޓް އައްސާފައި އޮތެވެ.

ހުކުރު ދުވަހުގެ ރޭ އަމްރިތުސާރުން ވަނީ އެސަރަހައްދަށް ވަދެ އުޅުނު ޕާކިސްތާންގެ ތިން ޑްރޯން ވައްޓާލާފައެވެ. މިތަނުން އެއް ޑްރޯން ޕާކިސްތާންގެ ސަރަހައްދަށް ވެއްޓުނުއިރު، ދެ ޑްރޯން ބީއެސްއެފް އިން ވަނީ ހޯދާފައެވެ.

ޖެހިޖެހިގެން ދެ ދުވަހުގެ ތެރޭގައި ހަތަރު ޑްރޯން ވައްޓާލާފައި މިވަނީ އަމްރިތުސާރުގެ ބީއެސްއެފް އާއި ޕަންޖާބު ޕޮލިސްގެ އޮފިޝަލުންގެ ދެމެދު ހައި ލެވެލް ބައްދަލުވުމެއް ބޭއްވުނުތާ މަދު ދުވަސްތަކެއް ފަހުންނެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިގެން ގޮސްފައި ވަނީ ބޯޑަރު ހުރަސްކޮށް، ހަތިޔާރާއި ވަޒަން އަދި މަސްތުވާތަކެތި އެތެރެކުރުމަށް ޑްރޯން ބޭނުންކުރަމުންދާތީ އެކަންތައް ހުއްޓުވަމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް