Advertisement
ކ. މާލެ
|
14 މެއި 2023 | އާދީއްތަ 14:49
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
ސިވިލް ކޯޓު
ސިވިލް ކޯޓަށް އެސިސްޓެންޓް ރަޖިސްޓްރާއެއް ހޯދަނީ
އެސިސްޓެންޓް ރެޖިސްޓްރާގެ މުސާރައަކީ 12،400 ރުފިޔާ
2023 މެއި 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުށައަޅަންޖެހޭ

ސިވިލް ކޯޓަށް އެސިސްޓެންޓް ރަޖިސްޓްރާއެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ސިވިލް ކޯޓަށް އެސިސްޓެންޓް ރަޖިސްޓްރާއެއް ހޯދުމަށް އިއުލާނުކޮށްފައެވެ.

އެސިސްޓެންޓް ރެޖިސްޓްރާގެ މުސާރައަކީ  12،400 ރުފިޔާއެވެ.

އޭގެ އިތުރުން، ޖުޑީޝަލް އެލަވަންސް ގޮތުގައި 6820 ރުފިޔާ، ސަރވިސް އެލަވަންސް ގޮތުގައި 300 ރުފިޔާ އަދި ލިވިންގ އެލަވަންސް ގޮތުގައި 2700 ރުފިޔާ ލިބެއެވެ.

Advertisement

އަދި ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ ވެސް ލިބެއެވެ.

އެސިސްޓެންޓް ރަޖިސްޓްރާގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގައި ރަޖިސްޓްރާ އަންގާ ގޮތެއްގެ މަތީން އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަޖިސްޓްރާގެ މަސްޢޫލިއްޔަތު ޙަވާލުކުރެވިފައިވާ ޙާލަތްތަކުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރަޖިސްޓްރާގެ މަސްޢޫލިއްޔަތު އަދާކުރުން ހިމެނެއެވެ.

އޭގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުމާއި، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުމާއި، ސިވިލް ކޯޓުގެ މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން ހިމެނެއެވެ.

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 މެއި 25 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް