ކ. މާލެ
|
25 ޑިސެންބަރ 2017 | ހޯމަ 23:25
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދު
ދޮގު ޚަބަރު ފަތުރައިގެން މަސީހުގެ އިތުބާރުގެ މައްސަލައިން ރައީސް ޔާމީނަށް ރެކިވަޑައެއް ނުގެންނެވޭނެ: ރައީސް ނަޝީދު
ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތް ދަނީ ކުރިއަށް
އެއްވެސް މެންބަރަކު ގުޅިފައިވާ އިއްތިހާދު ދޫކޮށް ނުދޭ
އެމްޑީޕީގެ މެންބަރުންތަކެއް ވަކިވި ކަމަށް ފަތުރާ ވާހަކަ އެ މެންބަރުން ދޮގުކުރޭ

ދޮގު ޚަބަރު ފަތުރައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ ނެތް ކަމުގެ މައްސަލައިން ރައީސް އަބްދުﷲ ޔާމީނަށް ރެކިވަޑައިނުގެންނެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތިން މެންބަރެއް އެ ޕާޓީން ވަކިވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޮގު ޚަބަރު ފަތުރުގައިގެން މަސީހުގެ އިތުބާރުގެ ނެތް ކަމުގެ މައްސަލައިން ރައީސް ޔާމީނަށް ރެކިވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި އެއްވެސް މެންބަރަކު އެ އިއްތިހާދާ ވަކިވެފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްކުގައި ބުނަނީ، ވައިކަަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި، މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރުގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު މަރުޒޫގް އެމްޑީޕީގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށެވެ. ނަމަވެސް، އެ މެންބަރުން ވެސް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

ނާޒިމް ވިދާޅުވީ މިފަދަ ވާހަކަތަކެއް ދައްކަވަމުން ގެންދަވަނީ ދައްކަވާނެ ވާހަކައެއް ނޭނގިގެން އުޅޭ ބައެއް ކަމަށާއި މިއީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފައްދަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ޕީޕިީއެމްއިން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުން މިދަނީ އެ މީހުން ބަލި ގަބޫލުކުރި ކަމުގެ ހެއްކެއްގެ ގޮތުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަހްމަދު މަރުޒޫގު ވިދާޅުވީ އެއީ ބަޔަކު މީހުން ގޮތް ހުސްވެ ކުރާނެ ކަމެއް ނޭނގުމުން ފަތުރަމުންދާ ދޮގު ޚަބަރެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ވޯޓް ދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށް މަރުޒޫގު ވިދާޅުވިއެވެ.

އިބްރާހިމް ނަސީރު ވެސް ވިދާޅުވީ ޕާޓީ ބަދަލުކުރި ކަމަށް ބުނެ އޭނާއާ ބެހޭ ގޮތުން ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާއަކީ އެއްވެސް ގޮތަކަށް ވިކޭނެ މީހެއް ނޫން ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ 42 މެންބަރުންގެ ސޮޔާއެކު ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފައިވަނިކޮށް، 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހޯމަ ދުވަހު ވަނީ މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 11 މެންބަރަކު ހިމެނެއެވެ. އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށް ފޮނުވައި، މިމަހުގެ 24 ވަނަ ދުވަހަށް ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ސަމާހު
- ކޮމެންޓް
8 ޖުލައި 2017 | ހޮނިހިރު 15:42
އަސްލު
އެއީ އުފެދުމުގަވެސް ވަގެއް.
8 ޖުލައި 2017 | ހޮނިހިރު 15:42
އަންވަރު
ތެދުފުޅެއް. ލާހިކެއްނޫން ޔާމީނަށް ރެކިގަނެވޭކަށް. އެވަރުގެ މީހެއްނޫން އެއީކީ. ބޭރުންވެސް ބަލައިގަންނާނީ މީހުންނަށް ވާަކަހަލަ މީހުން. ޚިޔާނާތާ ގަޓްހުރިކަން ދައްކަން ކުރާކަމެއްނޫން. ފަސާދައަާ މީހުންމެރުމާައި ވައްކަމަކީ މީހެއްގެ ފަސާދައަާ މީހުންމެރުމާައި ވައްކަމަކީ މީހެއްގެ