ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 07:13
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޔޫތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުވުން
ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމަށް ލިބޭ ތަރުހީބު ކުޑަ: މިނިސްޓްރީ
ވަޒީފާގެ މާހައުލަށް ޒުވާނުން ތައްޔާރުކުރުމަށް ވޯރކްޝޮޕްތަކެއް މިނިސްޓްރީން ހިންގަމުންދޭ

ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުވުމަށް ޔޫތު މިނިސްޓްރީން ހިންގާ ޕްރޮގްރާމަށް ލިބޭ ތަރުހީބު ކުޑަކަމަށް އެމިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަކީ ވިދާޅުވީ ވަޒީފާގެ މާހައުލަށް ޒުވާނުން ތައްޔާރުކުރުމަށް ވޯރކްޝޮޕްތަކެއް މިނިސްޓްރީން ހިންގަމުންދާކަމަށެވެ. މިފަދަ ވޯރކްޝޮޕްތަކަށް ހުޅުވާލުމުން 50ން މަތިން ކުދިން ރަޖިސްޓްރީ ކުރާކަމަށާއި ނަމަވެސް ބައިވެރިވޭތޯ ޔަގީންކުރުމަށް ގުޅުމުން އަންނާނެކަމަށް ބުނާ ކުދިންގެ އަދަދު އުޅެނީ 5 ނުވަތަ 6ގައި ކަމަށެވެ.

އަދި ވޯރކްޝޮޕްތައް އޮންނަ ދުވަހު ވޯރކްޝޮޕަށް އަންނަ ކުދިންގެ އަދަދު އުޅެނީ 5ގައި ކަމަށް ޒަކީ ވިދާޅުވިއެވެ. ޒަކީ ވިދާޅުވީ މަސައްކަތުގެ މާހައުލަށް ނުކުންނަ ޒުވާނުންނަށް މިއީ ވަރަށް މުހިންމު ވޯރކްޝޮޕްތަކެއްކަމަށެވެ. ތަޖުރިބާކާރުންގެ ވާހަކަތައް އަޑުއަހާ އެކަމަށް ތައްޔާރުވެގެން މަސައްކަތަށް ނުކުތުމަކީ މުހިންމު ކަމެއްކަމަށް ޒަކީ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވީ ޒުވާނުންނަށް ފުރުސަތު އެބައޮތްކަމަށެވެ. ނަމަވެސް މައްސަލައަކީ ފުރުސަތުގެ ބޭނުން ގިނަ ޒުވާނުން ނުހިފުންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
23 އޭޕްރިލް 2023 | އާދީއްތަ 17:35
ހަނިމާދޫ ހަސަން
މަޖުބޫރު ކުރުވަންވީ. ވަޒީފާ އަދާކުރަން ބޮންޑް ކުރަންވީ. ނެޝަނަލް ސަރވިސް ތަޢާރަފު ކުރަންވީ