ކ. މާލެ
|
21 އޭޕްރިލް 2023 | ހުކުރު 09:58
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
ދިވެހި އަސްކަރިއްޔާ
މި ސަރުކާރުން ޙާސިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުން: މިނިސްޓަރު
ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ވަނީ ފުރިފައި
ރައީސް ސާލިޙަކީ ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީ މިންގަނޑުގައި ބެހެއްޓުމަށް ބާރު އަޅުއްވާ ވެރިއެއް
މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހެޔޮ ބަދަލުތަކެއް އަސްކަރިއްޔާއަށް ގެންނަވާފައިވޭ

މިސަރުކާރުން ޙާސިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚިތޯބުގައި މިނިސްޓަރު ވަނީ ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް ދެއްވާ އިސްކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު ދަންނަވާފައެވެ.

ރައީސް ސާލިޙަކީ ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީ މިންގަނޑުގައި ބެހެއްޓުމަށް ބާރު އަޅުއްވާ އަދި އެކަމުގެ ލަފާ ދެއްވާ ވެރިއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ޤާނޫނުން ސިފައިންނަށް ލާޒިމުކޮށްފައިވާ އަސާސްތަަކަށްވެސް އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން، މިއީ މީގެ ކުރިން ރާއްޖެ ދެކެފައިނުވާފަދަ ހިތްހަމަ ޖެހޭ ދުވަސްވަރެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ތަރައްޤީގެ ރޭހުގައި ރައީސް ސާލިޙު ގެންގުޅުއްވާ ސިޔާސަތުތަކަށް ތައުރީފު ކުރައްވާފައެވެ.

މިނިސްޓަރު ސިފަކުރައްވާ ގޮތުގައި ފާއިތުވި 4 އަހަރު ސަރުކާރުން ޙާސިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީވެސް އެ ހަމަޖެހުމާއި އަމާންކަން ޤާއިމު ކުރެވިގެން ދިއުމެވެ.

ޑިމޮކްރަޓިކް ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވި ފަހުން ފާއިތުވެދިޔަ 4 އަހަރުހާ ހަމަޖެހުމާއި، ސުލްހަމަސަލަސްކަން ޤާއިމުވެފައި އޮތް ދުވަސްވަރެއް ދިވެހިން ދެކިފައިނުވާނެކަމީ ދެބަސްވެވެން ނެތް ހަގީގަތެއް
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހެޔޮ ބަދަލުތަކެއް އަސްކަރިއްޔާއަށް ގެންނަވާފައިވާކަމަށެވެ.

އޭގެ އިތުރުން، ތަރައްޤީގެ ކަންކަމުގައިވެސް ކުދިބޮޑު ރަށްތައް ތަފާތުނުކޮށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފައެވެ.

 މިނިސްޓަރު ވިދާޅުވީ، އިތުރު ސަރަޙައްދުތަކުގައި ސިފައިންގެ މަރުކަޒުތައް ޤާއިމު ކުރުމަށް މި ސަރުކާރުން ވިސްނަމުންދާކަަމަށެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ސިފައިންގެ ޝިއާރަކީ "ސިފައިންގެ ބަދަހިކަން- ޤައުމުގެ ހަމަޖެހުން" އެވެ. މިނިސްޓަރު ވިދާޅުވާ ގޮތުގައި މި ޝިއާރުން ސިފަކޮށްދެނީ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ސިފައިންގެ ލަޝްކަރު ބަދަހި ލަޝްކަރެއްގެ ގޮތުގައި އޮވެގެންކަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް