2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީގެ 2023 ވަނަ އަހަރުގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
އެގޮތުން މި ރިޕޯޓުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ 31 ޑިސެމްބަރު 2023 ގައި ނިމުނު މާލީ އަހަރުގެ ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ހުރި ރިކޯޑްތަކުގައި އުނިއިތުރުކަމެއް ހުރިކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އަދި މައިގަނޑު ގޮތެއްގައި މިނިސްޓްރީ އޮފް ޑިފެންސްގެ 2023 ވަނަ އަހަރުގެ ބަޖެޓުން ހަރަދުކޮށްފައިވަނީ، އެ މިނިސްޓްރީއަށް ފާސްކޮށްދިން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް، ގާނޫނު ނަންބަރު 3/2006 ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ.
މީގެ އިތުރުން ޑިފެންސްގެ 2023 ވަަނަ އަހަރުގެ އެހެނިހެން މާލީ ކަންކަން، މައިގަނޑު ގޮތެއްގައި، ހިންގާ ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ.