Advertisement
ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 11:26
ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
އިހްޔާ ފޯރަމް
އެއްވެސް މުސްލިމެއްގެ އަގުވެއްޓޭކަހަލަ ކަންކަން ނުކުރުމަށް ޑރ ސައްތާރު އިލްތިމާސްކުރައްވައިފި
އެއްވެސް އިންސާނަކީ ކުށެއް ނުކުރެވޭ، ފާފަނުކުރެވޭ މީހެއް ނޫން
މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ގަދަވެގެންވާ އަޒާބުދެއްވާނެކަމަށް އަންގަވާފައިވޭ
މާތްﷲގެ ހަޟްރަތުގައި ގިނަގިނައިން ތައުބާވެ، ފާފަފުއްސެވުމަށް އެދި، މަޢާފަށް އެދޭ މީހާއަށް އެކަލާނގެ މަޢާފްކޮށްދެއްވާނެ

އެއްވެސް މުސްލިމެއްގެ އަގުވެއްޓޭކަހަލަ ކަންކަން ނުކުރުމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އިލްތިމާސްކުރައްވައިފިއެވެ.

ޑރ ސައްތާރު މިހެން ވިދާޅުވީ 1444ވަނަ އަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި މި ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ “ފާފަ ފުއްސަވައިދެއްވުމުގައި ﷲ (سُبْحَانَهُ وَتَعَالَى) ގެ އޯގާވަންތަވެރިކަން” މި މައުޟޫއަށެވެ.

މާތްﷲ ގެ އޯގާވަންތަކަމަށް ބައްލަވައި، އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ކަންކަންކުރުމުގައި ދެމިތިބުމަށް ޑރ. ސައްތާރުވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

Advertisement

އެއްވެސް އިންސާނަކީ ކުށެއް ނުކުރެވޭ، ފާފަނުކުރެވޭ މީހެއް ނޫންކަމަށާއި އެހެންނަމަވެސް މާތްﷲގެ ހަޟްރަތުގައި ގިނަގިނައިން ތައުބާވެ، ފާފަފުއްސެވުމަށް އެދި، މަޢާފަށް އެދޭ މީހާއަށް އެކަލާނގެ މަޢާފްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އިންސާނުން ތައުބާވުމުން މާތްﷲ އުފާފުޅުކުރައްވާކަމަށްވިދާޅުވެ، އެއްވެސް މުސްލިކަމަކު އަނެއް މުސްލިމާގެ އެއްވެސް ހަޑިހުތުރު ވާހަކައެއް ދައްކައިގެން ނުވާނެކަމަށް ވިދާޅުވިއެވެ.

އެއީ މާތް ނަހީކުރައްވާފައިވާކަމެއްކަމަށާއި، މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ގަދަވެގެންވާ އަޒާބުދެއްވާނެކަމަށް އަންގަވާފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް މުސްލިމަކު އަނެއް މުސްލިމެއްގެ އަގުވެއްޓޭކަހަލަ ވާހަކަތައް ދެއްކުމާއި ކަންކަން ކުރުމުން ދުރުހެލިވެ ތިބެން ޖެހޭކަމަށާއި މާތްﷲ ލޯބިވެވޮޑިގަންނަވާ އަޅުންގެ ގޮތުގައި ތިބުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މި ފޯރަމްގައި ޑރ. ސައްތާރުވަނީ މާތްﷲ ލޯބިވެވޮޑިގަންނަވާކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އެގޮތުން މުސްލިމުންގެ ޢައިބު ފޮރުވުމުގެ މުހިންމުކަމާއި، ގިނަ ގިނައިން ޒިކުރުކުރުމާއި، ދުޢާކުރުމާއި ތައުބާވުމާއި، ދިމާވާ މުޞީބާތްތަކަށް ކެތްތެރިވުމާއި، އިންސާނުންނާއި، ޖަނަވާރުންނަށް އޯގާތެރިވުމާއި، ރަސޫލާﷺ އަށް ޞަލަވާތްކިޔުމާއި، މަލާއިކަތުންނަށް ހެޔޮދުޢާކުރުންފަދަ ކަންތައްތައް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް