ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 15:55
ކުރީގެ ރައީސް ޔާމީން، މީގެ ކުރިން ބޭއްވި ޝަރީއަތަކަށް ހާޒިރުކުރުން
ކުރީގެ ރައީސް ޔާމީން، މީގެ ކުރިން ބޭއްވި ޝަރީއަތަކަށް ހާޒިރުކުރުން
ޔޫސުފް ސޮފްވާން ރަޝީދު
ވ. އާރަށު މައްސަލަ
52 މިލިއަން ރުފިޔާގެ އަމުރު: ހައިކޯޓުގެ ނިންމުން އިސްތިއުނާފެއް ނުކުރޭ
މި މައްސަލާގައި ކޮށްފައި އޮތް ކަމަކީ ކޯޓް ޕްރޮސެސް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ފަނޑިޔާރުން ވިދާޅުވި
ވ. އާރަށު ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފުގައި ދައުލަތުން އެކަމަށް އަލިއަޅުވައިލާނެ
ހައިކޯޓުގެ އަމުރެއް އިސްތިއުނާފުކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު

ވ. އާރަށު މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރު ބާތިލުކުރުމަށް ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރާކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މި މައްސަލާގައި ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ، ދައުލަތުން ކޯޓުގެ އިޖުރާއަތު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ދެކެވަޑައިގަންނަވާތީ ދަށު ކޯޓުން ނެރުނު އަމުރަކީބާތިލުއަމުރެއްކަމަށެވެ. ދައުލަތުން އެދިފައިވާކަމެއް މައުލޫއީ މައްސަލައިގެ ގަޒިއްޔާގެ ނިންމުމުގައި ހިމަނާފައިނުވާނަމަ، އެކަމަށް އަދުލުގެ ނިޒާމުގައި އޮންނަ ހައްލަކީ އިސްތިއުނާފު ކުރުންކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ފަނޑިޔާރުން ވިދާޅުވީ، މި މައްސަލާގައި އަމުރު ހޯދުމުގެ ނަމުގައި ކޮށްފައި އޮތް ކަމަކީ ކޯޓް ޕްރޮސެސް ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ބެލެވޭ ކަމަށެވެ.

ސަބަބަކީ، ޕްރޮސިކިއުޝަނުން ކްރިމިނަލް ކޯޓުގައި ނެރެދިނުމަށް އެދުނު އަމުރާމެދު އެ ގަޒިއްޔާގައި ގޮތެއް ނިންމުން ގާނޫނީގޮތުން ލާޒިމްވިނަމަވެސް، އެ ފަދަ ނިންމުމެއް އެ ގަޒިއްޔާގައި ނިންމާފައިނެތުމުން، އެކަން އިސްތިއުނާފު ކުރުމުގެ ބަދަލުގައި ހަމަ އެ އަމުރު ނެރެދިނުމަށް އަލުން އެދިފައިވާތީއެވެ.

Advertisement

ހައިކޯޓުގެ އަމުރެއް އިސްތިއުނާފުކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރެވެ. ރާއްޖެއެމްވީއާ ވާހަކަފުޅުދައްކަވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ދައުލަތުން އެ އަމުރު އިސްތިއުނާފުކޮށްފައި ނުވާނެކަމަށެވެ.

އޭގެ އިތުރުން، ފައިސާ ހޯދުމަށް ދައުލަތުން ދަށު ކޯޓުގައިވެސް އެދިފައިވާނެކަމަށާއި، ނަމަވެސް ދަށު ކޯޓުގެ ނިންމުމުގައި އެކަމަށް އަލިއަޅުވާލާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ ވިސްނުމަކީ، ހައިކޯޓުގައި ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ، ވ. އާރަށު ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފުގައި އެކަމަށް އަލިއަޅުވާލުންކަމަށްވެސް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް