ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 13:33
މެންބަރު އީސަ
މެންބަރު އީސަ
މަޖިލިސް
ފިރުޝާނަށް އީސަގެ ފާޑުކިޔުން
އީސަގެ ފާޑުކިޔުން ފިރުޝާނަށް - "ޤާސިމް އަށް ހެއްދެވި ނުހެއްދެވިއަށް ގޮވާފައި 24 ގަޑިއިރު ތެރޭގައި ރަނަށްވެއްޖެ"
ފިރުޝާނަކީ ޤާސިމް އާއި ދިމާލަށް މީގެ ކުރިން ހެއްދެވި ނުހެއްދެވިއަށް ގޮވާ، ހަޑިހުތުރު ބަހުން މުއާމަލާތުކުރި މީހެއް ކަމަށް އީސަ ވިދާޅުވި
މަޑަވެލި ދާއިރާގެ މަސްވެރިކަމަށް އިންވެސްޓް ނުކޮށްގެން އެ ވާހަކަ ފިރުޝާން ދެއްކެވި
ޤާސިމަށް ފިރުޝާން ވަނީ މީގެ ކުރިން ފާޑު ވިދާޅުވެފައި

މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާނަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އީސަ އޭނާ އަށް ފާޑުވިދާޅުވީ މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުންނެވެ. އެ ގަރާރަކީ، އެމް.ޑީ.ޕީ ވެރިކަމެއް އޮވެމެ، އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ހިންގުމުގައި ފަހަތުފަޔަށް ބުރަވެ، ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތު ދެކޮޅަށް ވާހަކަދެއްކުން ހުއްޓާލައި އެމް.ޑީ.ޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލާ ހުށަހަޅާ ގަރާރެކެވެ.

އެ ގާރާރު ހުށަހަޅުއްވާފައި ވަނީ އެ ގަރާރު ހުށަހެޅުއްވި މެންބަރުގެ އިޚުލާސްތެރިކަމެއް ހުރެގެން ނޫން ކަމަށާއި އެކަން ކުރީ ފިކުރު ތަފާތުވެގެން ކަމަށް ހީވާ ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ. މަޖިލީހުގައި މިދައުގައި 20 ވަރަކަށް ފަހަރު މަސްވެރިކަމުގެ ވާހަކަދެކެވުނު އިރު ކޮންމެ ފަހަރަކު ވެސް ފިރުޝާން ދައްކަވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން މަޑަވެލި ދާއިރާގެ މަސްވެރިކަމަށް އިންވެސްޓްނުކޮށްގެން އެ ވާހަކަ ކަމަށް އީސަ ވިދާޅުވިއެވެ. ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަކަށް ޤާސިމްގެ މަސްލަހަތު އޮތް ކުންފުންޏަކުން އަމަލު ނުކުރާ ކަމަށް ބުނެ ފިރުޝާން މަޖިލީހަށް ގިނަ މައްސަލަތަކެއް ހުށަހަޅުއްވާފައިވާ ކަމަށް ވެސް އީސަ ވިދާޅުވިއެވެ.

މީގެއިތުރުން ފިރުޝާނަކީ ޤާސިމަށް މީގެ ކުރިން ހެއްދެވި ނުހެއްދެވިއަށް ގޮވާ، ހަޑިހުތުރު ބަހުން މުއާމަލާތުކުރި މީހެއް ކަމަށް އީސަ ވިދާޅުވިއެވެ. އެހެންނަމަވެސް 24 ގަޑިއިރު ތެރޭގައި ޤާސިމް ރަނަށް ވެފައިވާ ކަމަށް ވެސް އީސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ލިބިވަޑައިގަތުމުން އެމަނިކުފާނާއި ވާދަކުރެއްވި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ހަރަކާތެއް ފަށާފައެވެ. އަދި އެ ފަރާތްތަކުން ދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް އާއި ބައްދަލުކުރައްވާ އެމަނިކުފާނާއެކު މަސައްކަތްކުރަމުންނެވެ. ރައީސް ނަޝީދާއެކު މަސައްކަތްކުރައްވާ މެންބަރުންގެ ތެރޭގައި ފިރުޝާން ހިމެނިވަޑައިގަންނަނަވައެވެ. ފިރުޝާން އަކީ މީގެ ކުރިން ޤާސިމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް