ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 13:08
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމަރީ
އެމްޑީޕީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ކޯޓުން ނިންމާފައިވަނީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް
މައްސަލައިގައި މައިގަނޑުގޮތެއްގައި އެދިފައިވަނީ އެމްޑީޕީގެ ޕްރައިމަރީ އަލުން ބޭއްވުމަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއާ ގުޅިގެން އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލައިފިއެވެ.

އަމިއްލަ ފަރާތެއް ކަމަށްވާ އަލީ އަމްޖަދު ހުށަހަޅައިފައިވާ މި މައްސަލައިގައި މައިގަނޑުގޮތެއްގައި އެދިފައިވަނީ އެމްޑީޕީގެ ޕްރައިމަރީ އަލުން ބޭއްވުމަށެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އަލީ އަމްޖަދު އީސީގެ އެމްޑީޕީ ރަޖިސްޓްރީގައި ހިމަނާފައި އޮތީ އީސީގެ އިދާރީ ކުށަކުންކަން އެ ކޮމިޝަނުން ބުނާ ބުނުން ރަނގަޅު ކަމަށެވެ.

އެމްޑީޕީންވެސް ބުނެފައިވަނީ ޗެއަރޕަރސަން ހޮވިއިރު ޕާޓީން އާންމުކުރި ލިސްޓުގައި މެންބަރެއްގެ ގޮތުގައި އޭނާގެ ނަން ހިމަނާފައި އޮތީ ކުށަކުންކަމަށެވެ. އެގޮތުން އެ ލިސްޓުގައި ނަން އޮތް ނަމަވެސް އޭރު ވެސް އޭނާގެ ނަން އޮތީ އީސީގެ ދަފްތަރުގައި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައިކަން އެނގެން އޮންނަކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ވުމާއެކު، ކޯޓުން ނިންމާފައިވަނީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށާއި، މި ދައުވާ ކުރުމުގެ ހައިސިއްޔަތު އަލީ އަމްޖަދަށް ލިބިގެން ނުވާ ކަމަށެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އައިޝަތު އަޒްފާ އަބްދުލްޣަފޫރެވެ.

އިންތިޚާބަށްފަހު ރައީސް ޞާލިހަށް މިހާރުއަށް ވަނީ ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓްވެސް ހަވާލުކޮށްފައެވެ. ޓިކެޓް ދިނުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ވެސް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް