ކ. މާލެ
|
9 އޭޕްރިލް 2023 | އާދީއްތަ 20:50
ސައޫދީ ފޮރިން މިނިސްޓަރު، އަމީރު ފައިސަލް ބިން ފަރްހާން އާލް ސުއޫދު، އަދި އީރާނުގެ ފޮރިން މިނިސްޓަރު، ހުސައިން އަމީރް އަބްދުއްލަހިޔާން
ސައޫދީ ފޮރިން މިނިސްޓަރު، އަމީރު ފައިސަލް ބިން ފަރްހާން އާލް ސުއޫދު، އަދި އީރާނުގެ ފޮރިން މިނިސްޓަރު، ހުސައިން އަމީރް އަބްދުއްލަހިޔާން
ރޮއިޓާސް
ސައޫދީގައި އީރާނުގެ އެމްބަސީ ހުޅުވުން
ސައޫދީގައި އީރާނުގެ އެމްބަސީ ހުޅުވުމަށް އެގައުމުގެ ވަފުދެއް ސައޫދީއަށް
އާދިއްތަ ދުވަހުގެ ހެނދުނު ސައޫދީގެ އޮފިޝަލުން ވަނީ އީރާނުގައި ހުންނަ އެގައުމުގެ އެމްބަސީއަށް ޒިޔާރަތްކުރައްވާފައި
މިދިޔަ ބުރާސްފަތި ދުވަހު އީރާނާއި ސައޫދީގެ ފޮރިން މިނިސްޓަރުން ވަނީ ޗައިނާގައި ބައްދަލުކުރައްވާފައި
މިމައުލޫމާތު މީޑިއާއިން ރިޕޯޓުކޮށްފައި މިވަނީ އީރާނާއި ސައޫދީގެ ފޮރިން މިނިސްޓަރުން ޗައިނާގައި ބައްދަލުކުރެއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުން

ސައޫދީ އަރަބިއްޔާގައި އީރާނުގެ އެމްބަސީ އަލުން ހުޅުވުމަށް، އީރާނުގެ މަންދޫބުންގެ ވަފުދެއް ސައުދީގެ ރިޔާޒަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

މިމައުލޫމާތު މީޑިއާއިން ރިޕޯޓުކޮށްފައި މިވަނީ އީރާނާއި ސައޫދީގެ ފޮރިން މިނިސްޓަރުން ޗައިނާގައި ބައްދަލުކުރެއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގައި ކުރިއަށްދިޔަ ބައްދަލުވުމަކީ އީރާނާއި ސައޫދީގެ އިސް ޑިޕްލޮމެޓުން، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައްދަލުރެއްވި ފުރަތަމަ ފަހަރެވެ.

އެތައް އަހަރެއް ވަންދެން އީރާނާއި ސައޫދީއާ ދެމެދު އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެނެސް، ޑިޕްލޮމެޓިކް ގުޅުންތައް ގާއިމުކުރުމުގެ މަޝްވަރާތައް ފެށިގެންގޮސްފައިވަނީ ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެންނެވެ.

މީގެ އިތުރުން، އީރާނުގައި ހުންނަ ސައުދީގެ ޑިޕްލޮމެޓިކް މިޝަން ހުޅުވުމަށް ސައޫދީގެ އޮފިޝަލުން އީރާނަށް ވަޑައިގެންފައިވާކަމަށް، ސައޫދީ ފޮރިން މިނިސްޓްރީން ވަނީ ހޮނިހިރު ދުވަހު ބުނެފައެވެ. އަދި އާދިއްތަ ދުވަހުގެ ހެނދުނު ސައޫދީގެ އޮފިޝަލުން ވަނީ އިރާނުގައި ހުންނަ އެގައުމުގެ އެމްބަސީއަށް ޒިޔާރަތްކުރައްވާފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް