ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 11:52
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން
ރޮއިޓާސް
ރާއްޖޭގެ ޑިމޮކްރަސީ
އެތައް ސަތޭކަ ގައުމުގެ ތެރެއިން ބްލިންކަން ޑިމޮކްރަސީގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ދިވެހިރާއްޖެއަށް
ދިވެހިރާއްޖޭގައި ވީޑިއޯ ޓެކްނޮލޮޖީގެ އެހީގައި ވަރޗުއަލްކޮށް ޝަރީޢަތުގެ އަޑުއެހުންތަކުގައި ބައިވެރިވެވޭނެ އިންތިޒާމުގެ ވާހަކަ ފާހަގަކުރެއްވި
ފުރަތަމަ މިސާލަކަށް ދިވެހިރާއްޖެ ގެނައުމަކީ ޢަދުލު އިންސާފު ޤާއިމުކޮށް ކަށަވަރު ކުރުމަށާއި ޑިމޮކްރަސީއާއި ޑިމޮކްރަސީގެ އަސާސްތައް ކުރިއަރުވާކަން ބަލައިގަތުން

ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެމެރިކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ އެންތަނީ ބްލިންކަން ރާއްޖެއަށް ތަޢުރީފު ކުރައްވައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ރާއްޖެއަށް ތަޢުރީފު ކުރައްވާފައިވަނީ، އެމަރިކާގެ ރައީސް، ހިޒް އެކްސެލަންސީ ޖޯ ބައިޑަން އިންތިޒާމުކުރެއްވި ސަމިޓް ފޯ ޑިމޮކްރަސީގެ ސެޝަނެއްގައި "އެޑްވާންސިން ޓެކްނޮލޮޖީ ފޯ ޑިމޮކްރަސީ" މި މައުޟޫއަށް ވާހަކަ ދައްކަވަމުންނެވެ.

ސެކްރެޓަރީ ބްލިންކަންގެ ވާހަކައިގައި ވަނީ ޑިމޮކްރަސީގެ އަސާސްތައް ކުރިއަރުވައި އެނިޒާމާ ގުޅުންހުރި މުއައްސަސާތައް ވަރުގަދަކޮށް ރައްޔިތުންނަށް އެކަންކަމުގެ ހެޔޮ ނަތީޖާ ދެއްކުމަށްޓަކައި އެކި ޤައުމުތަކުން ޓެކްނޮލޮޖީ ބޭނުންކުރާ ގޮތް ފާހަގަކުރައްވާފައެވެ. އެގޮތުން، ޤައުމުތަކުގެ މިސާލު ޖައްސަވަމުން އެންމެ ފުރަތަމަ މިސާލަކަށް ނެންގެވީ ދިވެހިރާއްޖޭގައި ވީޑިއޯ ޓެކްނޮލޮޖީގެ އެހީގައި ވަރޗުއަލްކޮށް ޝަރީޢަތުގެ އަޑުއެހުންތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމެވެ. ދިވެހިރާއްޖޭގައި ހަމަޖެހިފައިވާ މިއިންތިޒާމުގެ ސަބަބުން ޤާޟީންގެ ވަގުތު ސަލާމަތްކުރެވި ރައްޔިތުންގެ އަތުން ދާ ޚަރަދުތައް ކުޑަކުރެވޭ ކަން ސެކްރެޓަރީ ބްލިންކަން ފާހަގަކުރެއްވިއެވެ.

ދެން ފާހަގަކުރައްވާފައިވަނީ އެސްޓޯނިއާގައި އާއްމު ޚިދުމަތްތައް ހޯދުމަށް ހަމަޖެހިފައިވާ ލުއި ފަސޭހަތަކާއި މެލޭޝިއާގައި އަލަށް އިންތިޚާބުގައި ވޯޓުލުމަށް ޝަރުޠުހަމަވި ފަރާތްތައް ވަގުތުން އޮންލައިންކޮށް ރަޖިސްޓަރ ކުރުމަށް އެޤައުމުން ހަމަޖައްސާފައިވާ އިންތިޒާމުތަކެވެ.

މީގެއިތުރުން ބްލިންކަން ވަނީ ޑިމޮކްރަސީ ޙިމާޔަތްކޮށް ކަށަވަރުކުރުމަށްޓަކައި ޓެކްނޮލޮޖީގެ މުހިއްމުކަމާއި ޓެކްނޮލޮޖީގެ ސަބަބުން މުޖުތަމަޢަށް އަންނަ ބަދަލުތައް ފާހަގަކުރައްވައި މުސްތަޤުބަލަށް ވިސްނައި ޓެކްނޮލޮޖީގެ އެހީގައި ޑިމޮކްރަސީ ކުރިއެރުވައި ޙިމާޔަތްކުރުމަށް ކުރެވޭނެ ކަންކަމާއި މިކަމާ ގުޅޭގޮތުން އެމެރިކާގައި މިހާރު ވެސް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ޑިމޮކްރަސީ އާއި ޢަދުލު އިންސާފު ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި ސެކްރަޓަރީ ބްލިންކަންގެ ވާހަކައުގައި އެތައް ސަތޭކަ ޤައުމެއްގެ ތެރެއިން އެންމެ ފުރަތަމަ މިސާލަކަށް ދިވެހިރާއްޖެ ގެނައުމަކީ ޢަދުލު އިންސާފު ޤާއިމުކޮށް ކަށަވަރު ކުރުމަށާއި ޑިމޮކްރަސީއާއި ޑިމޮކްރަސީގެ އަސާސްތައް ކުރިއަރުވައި ރައްކާތެރިކުރުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމެރިކާގެ ސަރުކާރުން ފާހަގަކޮށް ބަލައިގެންފައިވާކަމުގެ ނިޝާނެކެވެ.

- ކޮމެންޓް
1 މެއި 2023 | ހޯމަ 08:48
މުހައްމަދު
ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާ މޮޅުވެފައި އޮތީ ކޮންގޮތަކަށް!؟ 1. ގާނޫނީގޮތުން ޓެކްނޮލޮޖީގެ ހަރުމުދަލުގެ ޒިއްމާ އުފުލާ ބަލަހައްޓާނެ އިދާރާއެއް މިގައުމަކު ނެތް. 2. އެކަށީގެވާވަރާއި ގާތަށްވެސް ޓެކްނޮލޮޖީގެ މަސައްކަތްކުރާނެ މީހުން ބިނާކުރެވިފައެއްނެތް. އަދި އެދާއިރާއިން މީހުން ބިނާކުރާނެ ހަރުދަނާ ސިޔާސަތެއް ވެސް ނެތް. 3. ސަރުކާރުގެ އެކިދާއިރާތަކުގެ އެޕްލިކޭޝަން އެކަތި އަނެކައްޗާއި ގުޅުމެއް ނެތް. ކޮންމެ އިދާރާއަކަށް ޑިވެލޮޕަރުންނާއި ސަރވަރ ތަކާއި ސިކިއުރިޓީ ބަލަހައްޓާނެ މީހުނާއި ޑިޒައިނަރުން ބޭނުންވޭ. 4. ޓެކްނޮލޮޖީ އާއި ގުޅުންހުރި ގާނޫނުތައް ހެދިފައެއްނެތް. ރައްޔިތުންގެ މައުލޫމާތު ރައްކާކުރެވޭނެ ކަމުގެ ގެރެންޓީއެއްނެތް. 5. ރައްޔިތުންގެ އާއި ސަރުކާރުގެ ގިނަ މައުލޫމާތު ރައްކާކުރަނީ އެހެންގައުމުތަކުގެ އަމިއްލަ ފަރާތްތަކުގެ ކޮމްޕިޓަރުތަކުގައި. 6. އަދިވެސް އޮންލައިންކޮށް ޚިދުމަތަށް އެދެންޖެހެނީ ފޯމު ޑައުންލޯޑްކޮށް ޕްރިންޓްކޮށް ފުރާފަ ސޮއިކޮށްފަ ސްކޭންކޮށް އަޕްލޯޑްކޮށްގެން. ޚިދުމަތްދޭފަރާތުން ޖެހެނީ އަޕްލޯޑްކުރާ ފޯމް ޕްރިންޓްކުރުމަށްފަހު އޭގައިވާ މައުލޫމާތު އެތަނެއްގެ ޑޭޓާބޭސް އަށް އެންޓަ ކުރަން. މިކަންކަމަށް ވިސްނާލުމުން ރާއްޖޭގެ ރައްޔިތުންނާއި ޚިދުމަތްދޭ މުވައްޒަފުން އުފުލަންޖެހޭ ބުރަޔާއި ޚިދުމަތް ހޯދުމަށާއި ދިނުމަށް ހިގާ ޚަރަދާއި މައުލޫމާތުގެ ސައްހަ ކަމާއި ރައްކާތެރިކަމާއި ގާބިލުކަމާއި ރާއްޖެ ޓެކްނޮލޮޖީ ގޮތުން ކުރިއަރާފައިވާ މިންވަރު އެގިގެންދާނެ.