ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހާ ދިމާކޮށް، ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ގިނަ ސިޔާސީ ލީޑަރުން އަޑުއުފުލައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓާއެކު އެމަނިކުފާނާއި މި ސަރުކާރުން ޑިމޮކްރަސީގެ ހަމަތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ފާޑުކިޔާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ މިއަހަރުގެ ޑިމޮކްރަސީ ދުވަސް އަންނަނީ ރާއްޖޭގެ ޑިމޮކްރަސީއަށް ނުރައްކާތެރި ދަނޑިވަޅެއްގައި ކަމަށެވެ. "މި ބިލަކީ ޖަވާބުދާރީވުމާއި ހާމަކަން އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ބިލެއް ނޫން. މިއީ ސަރުކާރުގެ ވާހަކައާ އެއްގޮތަށް ވާހަކަދައްކާ ފަރާތްތަކަށް އިނާޔަތް ދިނުމަށާއި، ދެކޮޅު އަޑުތައް މަޑުކުރުމަށް ފަރުމާކުރެވިފައިވާ ބިލެއް،" ކުރީގެ ރައީސް ވިދާޅުވިއެވެ.
This year’s World Democracy Day comes at a particularly precarious moment for democracy in the Maldives. The government’s proposed media control bill—placing all media under the regulatory authority of a government-controlled commission—poses a direct threat to freedom of the…
— Ibrahim Mohamed Solih (@ibusolih) September 15, 2025
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވީ ޑިމޮކްރަސީ ދުވަހާ ދިމާކޮށް މި ބިލު ފާސްކުރަން މަސައްކަތްކުރުމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ. އަދި މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރައްޔިތުންގެ މަޖިލީހުން އިޖާބަދީ، މި ބިލު ބާތިލުކުރުމަށް ގޮވާލައްވާފައިވެއެވެ.
The irony of attempting to pass #CTRLbill on International Day of Democracy is not lost on the public. I urge the Parliament to listen to the journalists who have worked tirelessly to make their concerns about this legislation heard, and reject this bill.
— Fayyaz Ismail (@faya_i) September 15, 2025
Under your… https://t.co/pMAK6qZKFQ
ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ރާއްޖޭގެ ޑިމޮކްރަސީ ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. "ރާއްޖޭގެ ޝަރުޢީ ނިޒާމުގެ މިނިވަންކަން ގެއްލި، ރައްޔިތުންގެ މަޖިލިސް ރައީސް މުޢިއްޒުގެ ބާރުގެ ދަށަށް ގޮސް، އަދި ޙަޤީޤަތް ހާމަކުރާ ފަރާތްތަކަށް ބިރުދެއްކުމާއި ފުރައްސާރަކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައި މި ބިލަކީ ރައްޔިތުންގެ ޙައްޤުތަކަށް ސީދާ ގޮންޖެހުމެއް،" ޝާހިދު ވިދާޅުވިއެވެ.
On this #DemocracyDay, our hard earned democratic rights and freedoms are being eroded in plain sight.
— Abdulla Shahid (@abdulla_shahid) September 15, 2025
In the #Maldives, the @judiciarymv is no longer independent, @mvpeoplesmajlis is bent to the will of @presidencymv, and those who speak up face intimidation and harassment.…
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރައްޔިތުންގެ ކަންކަމުގައި ސީދާ ރައްޔިތުން ގޮތް ނިންމާގޮތަށް ޑިމޮކްރެޓިކް ނިޒާމެއް ދިވެހީން ހޯދީ ވަރަށް ބޮޑެތި ގުރުބާނީތަކަކަށް ފަހު ކަމަށެވެ. އަދި ދުނިޔޭގެ ޑިމޮކްރަސީ ދުވަހު މި ނިޒާމު ހަރުދަނާކުރުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ރަނގަޅު ވެރިކަމުގެ ނިޒާމަކަށް އެންމެ މުހިންމީ, ބާރުތައް ވަކިވެފައިވާ ނިޒާމެއް ކަމަށާއި، ހަމަ އެހެންމެ ނޫސްވެރިންނާއި ފާރަވެރީންނަށް ފަހި ފުރުސަތުތަކެއް އޮންނަން ޖެހޭ ކަމަށެވެ. ފައިސަލް ވިދާޅުވީ އެ މަގުތައް ބަންދު ކުރަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.
ރައްޔިތުންގެ ކަންކަމުގައި ސީދާ ރައްޔިތުން ގޮތް ނިންމާގޮތަށް ޑިމޮކްރެޓިކް ނިޒާމެއް ދިވެހީން ހޯދީ ވަރަށް ބޮޑެތި ގުރުބާނީތަކަކަށް ފަހު. ދުނިޔޭގެ ޑިމޮކްރަސީ ދުވަހު މި ނިޒާމު ހަރުދަނާކުރުމަށް އަޒުމު ކަނޑައަޅަން ޖެހޭ. ރަނގަޅު ވެރިކަމުގެ ނިޒާމަކަށް އެންމެ މުހިންމީ, ބާރުތައް ވަކިވެފައިވާ…
— Faisal Naseem (@FaisalNasym) September 15, 2025
ސިޔާސީ ލީޑަރުންގެ ފާޑުކިއުން ޑިމޮކްރަސީ ދުވަހު އައިސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ދުވަހާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓާއި ގުޅިގެންނެވެ. ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދިވެހިރާއްޖެއަކީ އެންމެ ކުދި ޤައުމުތަކުގައިވެސް ޑިމޮކްރަސީ ކުރިއަރާނެކަމުގެ ހެއްކެއްކަމުގައި ވިދާޅުވެ، ޙައްޤުތަކާއި މިނިވަންކަން ކުރިއެރުވުމުގައި ދިވެހިރާއްޖެ އަދާކުރާ ދައުރު ފާހަގަކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގައި ޑިމޮކްރެސީ ކުރިއަރާ ގޮސްފައިވަނީ ރައްޔިތުންގެ ސާބިތުކަމާއި، އެއްބައިވަންތަކަމާއި، ޢަޒުމް ވަރުގަދަވުމުގެ ސަބަބުން ކަމުގައިވެސް ރައީސްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
Today, as we mark the #InternationalDayofDemocracy, let us stay dedicated to our journey towards greater representation of women and youth, ensuring that all Maldivian voices are heard and valued at every level of decision-making.
— Dr Mohamed Muizzu (@MMuizzu) September 15, 2025
Today, as we reflect on the values of democracy,…
ވެރިކަން ހިންގުމުގެ ކޮންމެ ދާއިރާއެއްގައިވެސް، ރައްޔިތުންގެ އަޑު އުފުލައި، ރައްޔިތުންގެ އުންމީދުތައް ބަލައިގަނެ، އެ އުންމީދުތަކުގެ އަގު ވަޒަން ކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައީސްގެ މެސެޖުގައި ވަނީ ދެއްވާފައެވެ. ހަމަމިއާއެކު، ޤައުމުގެ މުސްތަޤްބަލް ބައްޓަން ކުރުމުގައި އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށްޓަކައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ތަފާތު ބަދަލުތައް ގެނައުމަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ދެއްވިއެވެ.
އެގޮތުން މި ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކާ، ހައްޤުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްކަކާއެކު ރާއްޖެއިން ސާބިތުކަންމަތީ ދެމިއޮންނާނެކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް މިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ ބައިވެރިވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުން ދައްކުވައިދެނީ، އިސްތިޤްލާލަށް ނުރައްކާވެފައިވާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކަމަށާއި، ޑިމޮކްރަސީ ހަރުދަނާކަމާއެކު މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށް ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ޑިމޮކްރަސީ ދުވަހުގައި ފަށުވި ބަސްތަކުން ރައީސް އެކްސްގައި ޕޯސްޓެއް ކުރެއްވި އިރު، ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ހައްގުކަމުގައިވާ މިނިވަންކަމާއެކު ބަސް ބުނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅ ބިލު ވަނީ ސިއްރު ބައްދަލުވުމެއް ބާއްވައި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައެވެ. ޑިމޮކްރަސީއާއި ހިލާފު މި ބިލާ ގުޅޭގޮތުން ނޫސްވެރިންނާއި މަދަނީ ޖަމްޢިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައިވެއެވެ. އަދި ބިލުގައި ހުރި ނުރައްކާތެރި މާއްދާތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަންކަން ކަމަށް ފާހަގަކޮށްފައިވެއެވެ.