ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 10:38
ނިއުކާސަލް އާއި ޔުނައިޓެޑު ކުޅުނު މެޗުގެ ތެރެއިން
ނިއުކާސަލް އާއި ޔުނައިޓެޑު ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
އިނގިރޭސި ޕްރިމިއާ ލީގު
ނިއުކާސަލް އަތުން ބަލިވެ ޔުނައިޓެޑު ހަތަރު ވަނަ އަށް
މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނިއުކާސަލް އިން ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ނިއުކާސަލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުތްއިރު ޔުނައިޓެޑު އޮތީ ތިން ވަނައިގަ އެވެ. ނަމަވެސް ފަހު ހާފުގައި ނިއުކާސަލް އިން ޖެހި ދެ ލަނޑާއެކު މެޗުން ބަލިވެ ޔުނައިޓެޑު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. މެޗުގައި ނިއުކާސަލް އިން ލަނޑު ޖަހައި ލީޑު ނެގީ ދެ ވަނަ ހާފު ފަށައިގެން މެޗުގެ 65 ވަނަ މިނެޓުގައި ޖޯ ވިލޮކް ޖެހި ލަނޑުންނެވެ. އޭނާ ލަނޑު ޖަހާފައި ވަނީ އެލަން ސެއިންޓް މެކްސިމިން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ޔުނައޓެޑުން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ނިއުކާސަލް އިން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މެޗުގެ 88 ވަނަ މިނެޓުގައި ކިއަރަން ޓްރިޕިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެ ވަނަ ލަނޑު ޖެހީ ކެލަމް ވިލްސަން އެވެ.

މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނިއުކާސަލް އިން ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. މޮޅާއެކު ނިއުކާސަލް އިން ތިން ވަނަ އަށް ޖެހިލީ ލަނޑުގެ ތަފާތުންނެވެ. ކުޅުނު 27 މެޗުން ދެ ޓީމަށް ވެސް ލިބެނީ 50 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް