ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 13:15
ފަބިއޯ ޕަރަޓީޗީ
ފަބިއޯ ޕަރަޓީޗީ
ޓްވިޓަރ
ޓޮޓެންހަމް
އެންމެ ފަހުން ފަބިއޯ ޕަރަޓީޗީ އިސްތިއުފާދީފި
ޔުވެންޓަސްއިން އޮޅުވާލައި މަކަރު ހެދިއިރު، ޕަރަޓީޗީ ހުރީ އެ ކުލަބުގެ ސްޕޯޓިންގ ޑިރެކްޓަރުކަމުގައި

މައްސަލަ ބޮޑުވެފައި ވަނިކޮށް، ޓޮޓެންހަމްގެ ސްޕޯޓިންގ ޑިރެކްޓަރުގެ މަގާމުން ފަބިއޯ ޕަރަޓީޗީ އަމިއްލައަށް އިސްތިއުފާދީފިއެވެ.

ޕަރަޓީޗީ އިސްތިއުފާދީފައިވަނީ އޭނާގެ ކުރީގެ ކުލަބް ޔުވެންޓަސްގައި ޖެހުނު މައްސަލާގައި އޭނާއަށްވެސް ފިޔަވަޅު އަޅާފައިވުމުންނެވެ. އޭނާ ހިމެނޭގޮތުން ޔުވެންޓަސްއަށް ފިޔަވަޅު އެޅުމަށް އިޓަލީގެ ފުޓުބޯަޅަ ފެޑެރޭޝަނުން ނިންމުމާއެކު، އެ ނިންމުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ވެސް ވަނީ ތާއީދުކޮށްފައެވެ. ޔުވެންޓަސްއަށް ފިޔަވަޅު އަޅާފައިވަނީ، ޓްރާންސްފަރގެ ކަންކަމުގައި މަކަރު ހެދުމާއި، މާލީ ކަންކަމުގައި ލިޔެކިޔުންތައް އޮޅުވާލާފައިވާތީއެވެ. މި މައްސަލާގައި ޕަރަޓީޗީއަށް އެޅި ފިޔަވަޅަކީ 30 މަސް ދުވަސް ވަންދެން ފުޓުބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭގޮތް ހެދުމެވެ. ޔުވެންޓަސްއިން، އޮޅުވާލައި މަކަރުހެދިއިރު ޕަރަޓީޗީ ހުރީ އެ ކުލަބުގެ ސްޕޯޓިންގ ޑިރެކްޓަރު ކަމުގައެވެ. އެކަމާ ގުޅިގެން ޔުވެންޓަސްއިން ބުނީ އަންނަ އޭޕްރީލް މަހު ޕަރަޗީޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތަކުގެ ކުރިން އޭނާ އިސްތިއުފާދޭން ނިންމާފައިވާކަމަށެވެ. އެ ކުލަބުން ބުނީ ފީފާގެ ނިންމުމާއެކު ޕަރަޗީޓީ ވަނީ ކުލަބާއެކު އެއްބަސްވުމަކަށް އައިސް, މަގާމުން ވަކިވާން ނިންމާފައިކަމަށެވެ.

ޔުވެންޓަސްގައި ހުރުމަށްފަހު ޕަރަޗީޓީ ޓޮޓެންހަމަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް