ކ. މާލެ
|
30 މާރޗް 2023 | ބުރާސްފަތި 07:15
އެޗްއާރުސީއެމް
އެޗްއާރުސީއެމް
އެޗްއާރްސީއެމް
ޖޭ.އެމް.ސީ ކުންފުނީގެ ބިދޭސީ މުވައްޒަފުން
ޖޭ.އެމް.ސީ ކުންފުނީގެ ބިދޭސީ މުވައްޒަފުންގެ ހާލަތު މިއަންނަނީ ބަލަމުން: އެޗްއާރުސީއެމް
މުވައްޒަފުން ހަޅުތާލުކުރުމާ ގުޅިގެން މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްއަށް ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ޒިޔާރަތްކޮށްފައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިންގ ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ޖޭ.އެމް.ސީ ކުންފުނީގެ ބިދޭސީ މުވައްޒަފުންގެ ހާލަތު ބަލަމުން އަންނަކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފޭހުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން ފްލެޓުތަކުގެ މަސައްކަތްކުރާ އިންޑިއާގެ މަސައްކަތު މީހުންނަށް މުސާރަ ނުލިބުމާއި ކެއުން ހަމަޖެހިފައިވާ ގޮތުގެ ސަބަބުން އެމީހުން އަންނަނީ ހަޅުތާލުކުރަމުންނެވެ.

އެކަމާއި ގުޅިގެން އެޗްއާރުސީއެމުން ބުނީ މުވައްޒަފުން ހަޅުތާލުކުރުމާ ގުޅިގެން މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްއަށް ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ޒިޔާރަތްކޮށްފައިކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ހުރި ޝަކުވާތައް ކޮމިޝަނުން އަންނަނީ ބަލަމުން ކަމަށް ބުނެފައިވެއެވެ.

ބިދޭސީ މަސައްކަތްތެރިން ވަނީ އަންގާރަ ދުވަހުގެ ހަވީރު ޖޭއެމްސީގެ އިސް މީހަކު ސައިޓަށް ދިޔަ ވަގުތާ ދިމާކޮށް ހަޅުތާލުކޮށްފައެވެ. އެހަޅުތާލު ރޫޅާލާފައިވަނީ ފުލުހުން ނުކުމެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް