ކ. މާލެ
|
23 މާރޗް 2023 | ބުރާސްފަތި 08:53
ބިން ހެލުމުގެ އަސަރުކޮށްގެން ޕާކިސްތާނުގެ ޕެޝާވަރުގައި މީހުން ބޭރަށް ނުކުމެ
ބިން ހެލުމުގެ އަސަރުކޮށްގެން ޕާކިސްތާނުގެ ޕެޝާވަރުގައި މީހުން ބޭރަށް ނުކުމެ
ސީއެންބީސީ
އަފްޣާނިސްތާނަށް އައި ބިންހެލުން
އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 13ށް
ޕާކިސްތާނުގެ ހުޅަނގު އުތުރުން 9 މީހުން މަރުވެ، 44 މީހުންނަށް އަނިޔާވެފައިވޭ
އަފްޣާނިސްތާނުން މަދުވެގެން ހަތަރު މީހުން މަރުވެ، 50 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވޭ

އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަދުވެގެން 13 މީހުން މަރުވެފައިވާކަމަށާއި 90ށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

މީހުން މަރުވެގެން ރިޕޯޓްކޮށްފައިވަނީ އަފްޣާނިސްތާނާއި ޕާކިސްތާނުންނެވެ. ޕާކިސްތާނު ސަރުކާރުން ބުނާގޮތުގައި ޕާކިސްތާނުގެ ހުޅަނގު އުތުރުން 9 މީހުން މަރުވެފައިވާކަމަށާއި 44 މީހުންނަށް އަނިޔާވެފައިވެއެވެ.

އަފްޣާނިސްތާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މަދުވެގެން ހަތަރު މީހުން މަރުވެފައިވާކަމަށާއި 50 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ.

ދެ ގައުމުގައިވެސް ބިން ހެލުން އައި ސަރަހައްދުތަކުގެ އިމާރާތްތައް ވަނީ ވެއްޓިފައެވެ.

6.5 މެގްނެޓިޔުޑްގެ ބާރުމިނުގައި އައި ބިން ހެލުމުގެ އަސަރު 1000 ކިލޯމީޓަރަށްވުރެ ދުރަށް ކޮށްފައިވެއެވެ. އެސަރަހައްދުގައި 285 މިލިއަން މީހުން އުޅޭއިރު އެސަރަހައްދުގެ ތެރޭގައި ޕާކިސްތާން، އިންޑިޔާ، އުޒްބެކިސްތާން، ތަޖިކިސްތާން، ކަޒަކިސްތާން، ކިރްގިސްތާން، އަފްޣާނިސްތާން އަދި ތުރުކެމެނިސްތާން ހިމެނެއެވެ.

ބިން ހެލުން އައި ސަރަހައްދަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި ޓެކްޓޯނިކް ޕްލޭޓް ވަރަށް އެކްޓިވް ސަރަހައްދެކެވެ.

މިދިޔަ އަހަރު އަފްޣާނިސްތާނަށް އައި 6.1 މެގްނިޓިޔުޑްގެ ބިން ހެލުމެއްގައި އެއްހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް