ކ. މާލެ
|
22 މާރޗް 2023 | ބުދަ 14:45
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ހައިކޯޓުގެ އިސްފަނޑިޔާރު
ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވި
އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައިވަނީ މާރޗު މަހުގެ 20 ވަނަ ދުވަހު
ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 56،000ރ. ލިބޭނެ

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ސުންގަޑި ހަމަވެގެންދިޔައިރުވެސް އެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައެއް ނުވެއެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިވަގުތު އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށެވެ. އެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައިވަނީ މާރޗު މަހުގެ 20 ވަނަ ދުވަހުއެވެ. ރާއްޖެއެމްވީން ސުވާލުކޮށްލުމުން ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ، އެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާކަމަށެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެ ކޯޓު ހިންގުމާ ވަގުތީ ގޮތުން މިހާރު ހަވާލުވެ ހުންނެވީ ފަނޑިޔާރު ހުސައިން ޝަހީދެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 56،000ރ. ލިބޭނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް