ކ. މާލެ
|
13 މާރޗް 2023 | ހޯމަ 22:49
ކޯޓުތަކަށް އަލަށް އައްޔަން ކުރެވުނު ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކޯޓުތަކަށް އަލަށް އައްޔަން ކުރެވުނު ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ފަނޑިޔާރުން ހުވާކުރުން
ކޯޓުތަކަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރައްވައިފި
ހައިކޯޓަށް ފަނޑިޔާރު ޝަކީލް ވަނީ އައްޔަންކުރައްވާފައި
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް 3 ފަނޑިޔާރުން އައްޔަންކުރެއްވި

ކޯޓުތަކަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރައްވައިފިއެވެ.

ހައިކޯޓް، ސިވިލް ކޯޓު، ކްރިމިނަލް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރައްވާފައިވަނީ އެކަމަށްޓަކައި ހޯމަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހޯމަ ދުވަހު ހުވާކުރެއްވީ ހައިކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރަކާއި ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި 3 ފަނޑިޔާރުންނާއި، ސިވިލް ކޯޓަށް އައްޔަން ކުރެއްވި 3 ފަނޑިޔާރުންނާއި، މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެއްވި 4 ފަނޑިޔާރުންނެވެ.

ހުވާކުރެއްވި ފަނޑިޔާރުންނަކީ:

އަހުމަދު ޝަކީލް - ހައިކޯޓު

އިބްރާހީމް އިހްސާން - ކްރިމިނަލް ކޯޓު

އިބްރާހީމް ޒިހުނީ - ކްރިމިނަލް ކޯޓު

އާމިނަތު އަޒްލިފާ - ކްރިމިނަލް ކޯޓު

ސިނާން އަލީ - ސިވިލް ކޯޓު

ފައިސަލް އާދަމް - ސިވިލް ކޯޓު

ޢަބްދުﷲ އިހްސާން - ސިވިލް ކޯޓު

މުހައްމަދު ފަޒީހު - ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް

އަހުމަދު ނިޔާޒް - ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް

ރޫހުﷲ ޝިޔާމް - ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭ

ޔާސިރު މުހައްމަދު - މ. މުލައް މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވިދާޅުވީ، ފަނޑިޔާރުންނަކީ މަޑުމައިތިރި ކަމާއި ކެތްތެރިކަމުގެ ސިފަ އެމީހެއްގައި ގައިގައި އަށަގެންފައިވާ ބަޔަކަށް ވާންޖެހޭ ކަމަށާއި، އެހެން ނަމަވެސް އެ ދެ ސިފައަކީ އެމީހާގެ ނުކުޅެދުންތެރިކަމަށް ވެގެން ނުވާނެ ކަމަށެވެ. މަގާމާ ހަވާލުވެވަޑައިގެންނެވި އެންމެހާ ބޭފުޅުންވެސް ހަނދުމަފުޅުގައި ބަހައްޓަވަންވީ އެންމެ މުހިންމު ކަމަކީ، އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓެވުންކަމަށެވެ. އަދި ރަސްމީ މަސައްކަތާއި ރަސްމީ މަސައްކަތުން ބޭރުގައި އެހެން މީހުނަށް ނަމޫނާއަކަށް ވެވަޑައިގަތުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް