ކ. މާލެ
|
9 މާރޗް 2023 | ބުރާސްފަތި 07:44
އެޗްއާރުސީއެމް
އެޗްއާރުސީއެމް
ރާއްޖެ އެމްވީ
އަންހެނުންގެ ދުވަސް
އަންހެނުންގެ ހައްގުތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް އެޗްއާރުސީއެމުން މިއަހަރު ގިނަ ޕްރޮގްރާމްތަކެއް
އަންހެނުންގެ ހައްގުތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ގިނަ ޕްރޮގްރާމްތަކެއް އެޗްއާރުސީއެމުން ހިންގާނެ

އަންހެނުންގެ ހައްގުތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަށް މިއަހަރު މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްއާރުސީއެމްގެ ސީނިއަރ އެޑްވޮކަސީ އޮފިސަރު ފާތުމަތު އަހުމަދު ވިދާޅުވީ އަންހެނުންގެ ހައްގުތަކާއި ޖެންޑަރ އިކިޔުޓީ އާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް އެކި މަސައްކަތްތައް ކުރުމަށް ރާވާފައިވާކަމަށެވެ. އެގޮތުން އަންހެނުންގެ ދުވަހާ ދިމާކޮށް ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މަސައްކަތްކުރާ އަންހެނުންގެ ބައޮގްރަފީ އެއް އެޗްއާރުސީއެމުން ހާމަކުރަމުންގެންދާނެކަމަށް ފާތުމަތު ވިދާޅުވިއެވެ.

މީގެއިތުރުން އަންހެނުންގެ ހައްގުތަކާއި ޖެންޑާރ އިކިޔުޓީ އާއި ގުޅޭގޮތުން 6 ސަރަހައްދެއްގައި ވެބިނަރތަކެއް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ފާތުމަތު ވިދާޅުވިއެވެ. އާންމުންވެސް ބައިވެރިވެގެން ކުރިޔަށްދާ މި ވެބިނަރތަކުގައި މަޝްވަރާތައް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

Advertisement

އިތުރު ޕްރޮގްރާމްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޗްއާރުސީއެމްގެ އެޑްވޮކަސީ އޮފިސަރު ފާތުމަތު މަޒިއްޔާ އަހުމަދު ވިދާޅުވީ މީޑިޔާތައް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއްވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަމާޒުކޮށްގެން ގާނޫނީ ޒިންމާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަންހެނުންގެ ހައްގުތަކާ ގުޅޭ އޮންލައިން ކޯހެއް ހިންގުމަށް މަސައްކަތްކުރަމުންދާކަމަށާއި އަންހެނުންގެ މާލީ މިނިވަންކަން ދެނެގަތުމަށް ދިރާސާއެއްވެސް ކުރިޔަށްދާނެކަމަށް ވިދާޅުވިއެވެ. މިދިރާސާގެ އަލީގައި ހޯދޭ ހޯދުންތަކާ ގުޅިގެން ދާއިރާތަކަށް ރެކޮމެންޑޭޝަންތައްވެސް ހުށަހަޅާނެކަމަށް ފާތުމަތު ވިދާޅުވިއެވެ.

އާންމުންނަށް ހުޅުވާލައިގެން އަންހެނުންގެ ހައްގާއި ގުޅޭ ސައްލާ ޕްރޮގްރާމެއްވެސް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް