ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 08:21
ފުލުހުންގެ މައި އިދާރާ --
ފުލުހުންގެ މައި އިދާރާ --
މިހާރު
މާރާމާރީ ހިންގުން
ބިދޭސީންތަކެއް ހިންގި މާރާމާރީއެއްގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ
ސިލްސިލާ މާރާމާރީތަކެއް މާލެ ތެރޭގައިި ދަނީ ހިނގަމުން

ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ގިނަ ބަޔަކަށް އަނިޔާވެ ބަޔަކު ހައްޔަރުކޮށްފިއެވެ.

ހޮނިހިރު ދުވަހު މާލޭގެ ޓީޖެޓީ ސަރަހައްދުގައި ހިނގައިދިޔަ މި މާރާމާރީގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ ޓީޖެޓީގައި އޮތް ދެ ދޯންޏެއްގައި ތިބި ބަޔަކު އެއް ބަޔަކު އަނެއް ބަޔަކާއި ލަކުޑިބުރިތަކުން ވެސް ހަމަލާދެމުންދާ ތަނެވެ. އަދި ހައެއްކަ މީހުން ވެގެން އެހެން މީހަކަށް ހަމަލާ ދޭ މަންޒަރު ވެސް ފެނެއެވެެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީ ޖެޓީ ސަރަޙައްދުގައި ހޮނިހިރުދުވަހު ހަވީރު މާރާމާރީ ހިންގާފައިވަނީ 16:52 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އެ ކަމުގެ އިތުރު ތަފްސީލު ލިބެމުންދާވަރަކަށް ހިއްސާ ކުރާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި 11 މީހަކު ހައްޔަރުކޮށްފައިވާއިރު، އަނިޔާވި ފަސް މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ސިލްސިލާ މާރާމާރީތަކެއް ހިނގަމުން އަންނަ ދުވަސްވަރެކެވެ. ފުލުހުން އެ ކަން ގުޅުވަނީ ގޭންގުތަކާއެވެ. އަދި ބިދޭސީންގެ މެދުގައި މިފަދަ މާރާމާރީއެއް ހިންގައިފައިވާއިރު ހޮނިހިރު ދުވަހު ވެސް މީހެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް