ކ. މާލެ
|
3 މާރޗް 2023 | ހުކުރު 13:15
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
އުޚްރަވީ ހަޔާތް ހަނދާން ނައްތައިލުމަކީ އަމިއްލަ ނަފްސުގެ މަތިން ހަނދާން ނައްތައިލުން: ޚުތުބާ
ދުނިޔޭގެ ހުރިހާ އެއްޗަކީ ވަގުތީ އެއްޗެހި ކަމަށް ޚުތުބާގައި ބުނެފައިވޭ
ދުންޔަވީ ހަޔާތް ދެއްވީ އޭނަގެ އުޚުރަވީ ހަޔާތަށް ޓަކައި ގޮވާން ކުރާ ދަނޑުބިމެއްގެ ގޮތުގައި
މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ "ޙަޤީޤީ ހަޔާތަކީ އުޚްރަވީ ހަޔާތް" މި މައުޟޫއަށް

ދުންޔަވީ ކަންކަމާ މަޝްއޫލުވެ، އުޚްރަވީ ހަޔާތް ހަނދާން ނައްތައިލުމަކީ އަމިއްލަ ނަފްސުގެ މަތީން ހަނދާން ނައްތައިލުން ކަމަށް ޚުތުބާގައި ބުނެފިއެވެ.

"ޙަޤީޤީ ހަޔާތަކީ އުޚްރަވީ ހަޔާތް" މި މައުޟޫއަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު އިއްވި ޚުތުބާގައި ބުނީ މާތްﷲ އިންސާނާއަށް ދުންޔަވީ ހަޔާތް ދެއްވައިފައިވަނީ އޭނާގެ އުޚްރަވީ ހަޔާތަށް ޓަކައި ގޮވާން ކުރާ ދަނޑުބިމެއްގެ ގޮތުގައި ކަމަށެވެ. އެ ބިމުގައި އޭނާ ރަނގަޅު ގޮވާމެއް ނުކޮށްފިނަމަ އޭނާގެ ވެރި ރަސްކަލާނގެ ހަޒްރަތަށް ދާނީ ހުސްއަތާ ކަމަށާއި ބުއްދިވެރިއަކީ އަބަދާއި އަބަދު އުޚްރަވީ ހަޔާތް ހިތްމައްޗަށް ގެނެސް، ހަޔާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ މީހާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ދުނިޔޭގައި އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް އެއީ ވަގުތީ އެއްޗެއް ކަމަށާއި ފަނާވެގެންދާނެ އެއްޗެއް ކަމަށެވެ. ނުވަތަ އެއީ ދޫކޮށްފައި ދާންޖެހޭނެ ތަކެތި ކަމަށެވެ. އަދި އެއަށްފަހު އޮތީ ﷲގެ ހަޒްރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަސް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެ ދުވަހުން އޮތީ ދެ ގޮތެއް. އެއް ގޮތަކީ ތިމާއަކީ މާތްﷲ އެންގެވި ގޮތަށް އެ މުދާ ހޯދައި އެ ގޮތުގައި އެ މުދާ ހޭދަކޮށްފައިވާ މީހަކު ކަމުގައި ވުން. އެ ފަދަ މީހަކަށް ތިބާވެއްޖެ ނަމަ އުފަލުގެ ކޮޅެއް ނެތް. އަނެއް ގޮތަކީ މުދާ ހޯދުމުގައްޔާއި ހަރަދުކުރުމުގައި މާތްﷲގެ އަމުރުފުޅާ ހިލާފުވެ، އޭގެ ސަބަބުން މާތްﷲ ހަނދުމަކުރުމުން ތިިބާ އެއްކިބާވެފައި ވުން. އެފަދަ މީހަކަށް ހުރި ހިތާމައިގެ ކޮޅެއް ނެތް
ހުކުރު ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ ދުންޔަވީ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެއީ މާތްﷲ ރުއްސަވާ ގޮތަށް ކުރާ މަސައްކަތްތަކަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެއީ މާތްﷲގެ މަގުން އެއްކިބާ ކުރާ މަސައްކަތްތަކަކަށް ހަދައިގެން ނުވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް