ކ. މާލެ
|
2 މާރޗް 2023 | ބުރާސްފަތި 21:19
ގެއްލިގެން ހޯދަމުންދާ އާރިފް
ގެއްލިގެން ހޯދަމުންދާ އާރިފް
ޕޮލިސް މީޑިޔާ
މީހަކު ގެއްލުން
މީހަކު ގެއްލިގެން ހޯދަނީ، އެންމެ ފަހުން ހަބަރެއްވީ ޑިސެމްބަރު މަހު
އޭނާއަކީ ކަންނެލި މަސްވެރިކަން ކުރާ މީހެއް

އައްޑޫސިޓީ، ހުޅުދޫއަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ސ.ހުޅުދޫ/ ސަނީލޮޖް، އަލީ އާރިފް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އާރިފްގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށާއި، އޭނާއަކީ ކަންނެލި މަސްވެރިކަމުގައި އުޅޭ މީހެއް ކަމަށެވެ.

އާރިފް ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެ ކަމުގެ މައުލޫމާތު ފޯރުކޮށް، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނާ ގުޅައި ހިއްސާކުރުމަށް އެދެެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް